25 Jul 2013, 10:46
ރަޝިޔާގެ މޮސްކޯގައި އޮގަސްޓް މަހުގެ 10ން 18އަށް ބާއްވާ އައިއޭއޭއެފް ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ލިބުނު ފުރުސަތު ހަސަން ސާއިދު ދޫކޮށްލައިފި އެވެ.
ވޯލްޑް ޗެމްޕިއަންޝިޕުން ސާއިދުއަށް ފުރުސަތު ލިބުނީ ޖުލައި މަހު އިންޑިއާގެ ޕޫނާގައި ބޭއްވި އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ޕާފޯމަންސަށް ބަލާފަ އެވެ.
ސާއިދުއަށް ލިބުނު ފުރުސަތު ދޫކޮށްލުމުން، ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލް ކުރާނީ އަފާ އިސްމާއީލް އެވެ. އަފާ މުބާރާތުގައި ދުވާނީ އަންހެނުންގެ 200 މީޓަރު ދުވުމުގަ އެވެ.
އަފާ އަކީ ނަވާރަ ވަނަ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި އަންހެނުންގެ 200 މީޓަރު ދުވުމުގައި ވާދަކޮށް ރާއްޖޭގެ އަންހެނުންގެ 200 މީޓަރު ދުވުމުގެ ގައުމީ ރިކޯޑްވެސް ހަދާފައިވާ ދުވުންތެރިއެކެވެ.