އައްޑޫ ސިޓީގެ މަރަދޫގައި މިއަދު ހެނދުނު މީހަކު ދަންޖެހިގެން މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މިއަދު ހެނދުނު 7:50 އެހާކަންހާއިރު މަރަދޫ ގެއެއްގެ ގޯތިތެރޭގައި 26 އަހަރުގެ ފިރިހެނަކު ދަންޖެހިގެން މަރުވިކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
އައްޑޫ ލައިވް އިން ބުނީ ދަންޖެހިގެން މަރުވެފައި ވަނީ މަރަދޫ ލަންސިމުގޭ ހުމުނާޒިލް،28، ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން ކަމަށެވެ.