އަލޯރާ ރަމަޟާން ކްރިކެޓް ކާނިވަލްގެ އޯޕަން ޓޭޕް ބޯލް ކްރިކެޓް މުބާރާތުގެ ފައިނަލް މެޗުގައި މާލޭސް މެލޯ 3 ވިކެޓް އެއް ބޯޅައިން ބަލިކޮށް ހޮބީސްޓް އެ މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

ޓޮސް ދިމާވުމުން މާލޭސް މެލޯ އިން ފުރަތަމަ ކުޅެންއަރައި، އަށް އޯވަރުގެތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 66 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނު އަހްމަދު އަމީލް، އިނިންގްސް ނިމެންދެން ކުޅުނުއިރު 25 ލަނޑު ހަދާފައިވެ އެވެ.

ޖަވާބުގައި ހޮބީސްޓުން ކުޅެންއަރައި ފުރަތަމަ ދެ ކުޅުންތެރިން ނުބައިވި އިރު ހެދިފައިވަނީ 14 ލަނޑުއެވެ. އެއަށްފަހު އިތުރު ހަތަރު ކުޅުންތެރިން ނުބައިވެގެން 24 ލަނޑުހަދާފައި ވަނިކޮށް މާލޭސް މެލޯ ބަލިވާން ދިމާވީ 31 އެކްސްޓްރާސް ދިނުމުންނެވެ.

އަދި އަލޯރާ ރަމަޟާން ކްރިކެޓް ކާނިވަލްގެ އޯޕަން ޓޭޕް ބޯލް ކްރިކެޓް މުބާރާތް 2013ގެ ޗެމްޕިއަންކަން ހޮބީސްޓުން ހޯދީ 7.5 އޯވަރުގެތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 68 ލަނޑު ހަދައިގެންނެވެ.

މާދަމާ އޮފީސްތަކުގެ މުބާރާތް ފެށޭނެ އެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އިމިގްރޭޝަންއާއި ޕޮލިސް ކްލަބެވެ. އަދި މާދަމާގެ ދެވަނަ މެޗްގައި ބައްދަލުކުރާނީ އެޑިއުކޭޝްންއާއި ޔޫތް މިނިސްޓްރީ އެވެ. ހަވީރު 4:10 ގައި ކުޅުން ފެށީގެން ކުޅުން ކުރިއަށް ދާނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގަ އެވެ.