އެމްއެންޑީއެފް އިން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އިންޑިއާގެ އެކްސްޓާނަލް އެފްއާޒްގެ މަތީފެންވަރުގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވައިފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ ވަފުދު ރޭ ރާއްޖެ އައުމުން އެ ވަފުދުގެ ބޭފުޅުންނަށް އިބްރާހީމް ނާސިރު އިންޓަރނޭޝަލް އެއާޕޯޓުގައި މަރުހަބާ ދެންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު މުހައްމަދު އެވެ.

އެމްއެންޑީއެފުން މި މަހުގެ 23 އިން 25 އަށް ރާއްޖެ ވަޑައިގެންނެވި މިވަފުދުގެ ބޭފުޅުންނާ އެކު މިއަދު މެންދުރު ބަންޑާރަކޮށީގައި ވަނީ ވަނީ ބައްދަލުވުމެއް ވެސް ބާއްވާފަ އެވެ.

އެއެންޑީއެފުން ބުނީ އެމްއެންޑީއެފުން ހިންގާ މަޝްރޫއުތަކާ ގުޅޭ ގޮތުން ބޭއްވި އެ ބައްދަލުވުމުގައި މައިިގަނޑުގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ ކޯސްޓްގާޑްގެ ބަނދަރެއް ހެދުމަށް އުތުރު ތިލަފަޅު ތަރައްގީކުރުމަށް ހިންގާ މަޝްރޫއު އާއި ބެހޭ ގޮތުންނާއި ޅ. މާފިލާފުށީގައި ގާއިމުކުރާ ކޮމްޕޮސިޓިވް ޓްރޭނިން ސްކޫލާ ބެހޭ ގޮތުން ކަަމަށެވެ.

މިބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމުގެ އިތުރުން އެމްއެންޑީއެފްގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވި އެވެ.