ދިރާގު ވޮއިސް ކޯލަށް ދިމާވި މައްސަލަ ހައްލުވެއްޖެ އެވެ.

ދިރާގުން ބުނީ 25 މިނިޓް ތެރޭ ދިރާގުގެ ވޮއިސް ކޯލަށް ދިމާވި މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ.

ނަމަވެސް ދިމާވީ ކޮން މައްސަލައެއް ކަމެއް ދިރާގުން ނުބުނެ އެވެ.

އަދި ގުޅުމުގައި މައްސަލަތައް ދިމާވީ ކޮން ހިސާބުތަކަށް ކަމެއް ވެސް ދިރާގުން ނުބުނެ އެވެ.

ދިރާގުގެ ވޮއިސް ކޯލަށް ދިމާވި މައްސަލައާ ގުޅިގެން ދިރާގު ކަސްޓަމަރުންނަށް ގުޅުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ.