09 Nov 2010, 06:22
ޅ. ހިންނަވަރު ރެސްޓޯރެންޓެއްގެ ބަދިގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެތާ ހުރި ސާމާނު ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެއްޖެ އެވެ.
ފުލުހުން ދެންމެ ބުނީ ރޭ 3:30 ހާއިރު ހިނގި އެ ހާދިސާގައި ރޯވެފައި ވަނީ ހިންނަވަރު "އަލިމެންތޯ ފްރެސްކޯ" ރެސްޓޯރެންޓްގައި ކަމަށެވެ.
ފުލުހުން ބުނީ އެ ހާދިސާގައި ރެސްޓޯރެންޓްގެ ބަދިގޭގައި ހިފައިގެންގުޅޭ ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައިވާ ކަމަށެވެ. އަދި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.