24 Jul 2013, 00:21
ފަޔާ ލޮރީއަށް ދިމާވި މައްސަލައާ ގުޅިގެން ގދ. ކާޑެއްދޫ އެއާޕޯޓުގެ އޮޕަރޭޝަން އިއްޔެ ހަވީރު ހަވީރު މެދުކަނޑުލުމަށް މިރޭ އަލުން ފަށައިފި އެވެ.
ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް ވިދާޅުވީ އެއާޕޯޓުގެ އޮޕަރޭޝަން އަލުން މިރޭ ފެށީ ފަޔާ ލޮރީ އަށް ދިމާވި މައްސަލަ ހައްލުކުރުމަށް ފަހު 11:30ން ފެށިގެން ކަމަށެވެ. ފަޔާ ލޮރީއަށް ދިމާވި މައްސަލައާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަން މެދުކަނޑާލީ އިއްޔެ ހަވީރު 4:30 ން ފެށިގެންނެވެ.
"އަދިވެސް އެ މައްސަލަ މުޅިން ހައްލުވީއެއް ނޫން. ނަމަވެސް ވަގުތީ ހައްލެއް ގެނެސްގެން އޮޕަރޭޝަން އަލުން މިރޭ ފެށީ. މިހާރު ފަޔާ ލޮރީ އޮތީ ރަނިން ކަންޑިޝަންގައި،" އޭނާވިދާޅުވި އެވެ.
ސާމީ ވިދާޅުވީ ސިވިލް އޭވިއޭޝަނުން ކަނޑައަޅާފައި މިންގަނޑަށް ފަޔާ ލޮރީގެ މައްސަލަ ހައްލުވެފައިވާ ކަމަށެވެ.