23 Jul 2013, 14:34
މި ހިނގާ ޖުލައި މަހުގެ 28 ވާ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން ބުނީ ބަންދު ދުވަހެއް ހަފްތާގެ ބަންދު ދުވަހަކާ ދިމާވެއްޖެ ނަމަ، އެ ދުވަހުގެ ބަދަލުގައި އިތުރު ދުވަހެއް ބަންދު ނުކުރުމަށް ހަމަޖައްސައި އެކަމާ ބެހޭ ގޮތުން ރައީސް އޮފީހުން ނެރެފައިވާ ދެންނެވުމުގައި' މިނިވަން ދުވަސް އިސްތިސްނާ ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައި ނުވާ ކަމަށެވެ.
ރައީސް އޮފީހުން 1996 ވަނަ އަހަރުގެ 30 ނަންބަރު ދެންނެވުމާއި 2000 ވަނަ އަހަރު ނެރެފައިވާ 37 ވަނަ ނަންބަރު ދެންނެވުމުމުގައި ގައުމީ ދުވަހާއި، ޖުމްހޫރީ ދުވަހާއި އަދި ރާއްޖެ އިސްލާމްވި ދުވަސް އިސްތިންނާ ކުރައްވާފައި ވީނަމަވެސް މިނިވަން ދުވަހަކީ އިސްތިސްނާ ދުވަހެއްގެ ހަމަޖައްސަވާފައި ނުވާ ކަމަށް ބުނެފައިވެ އެވެ.
މިނިވަން ދުވަހުގެ ހާއްސަ ރަސްމިއްޔާތު ބޭއްވުމަށް ހަަމަޖަައްސައިފައި ވަނީ ޖުލައި 26 ވަނަ ދުވަހުގެ ރޭ ޖުމްހޫރީ މައިދާނުގަ އެވެ.