11:10


ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރަޝީދުގެ ނަން އިއްވައިފި އެވެ. ރިއާސަތުން ވިދާޅުވީ ދެ މަޖިލީސް ކުރިއަށް ގެންދެވޭނީ ސިޔާސީ ޕާޓީތަކާ ވާހަކަ ދެއްކެވުމަށް ފަހު ކަމަށެވެ.


11:09


ހޯރަފުށީ ދާއިރާގެ މެންބަރު ވިދާޅުވީ މެންބަރު މެންބަރުންގެ ކަރާމަތާއި ގަދަރު ހިފެހެއްޓޭ ގޮތަށް ކުރިއަށް ގެންދެވުމަށެވެ.


10:05


ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވީ ސިޔާސީ ޕާޓީތަކާ އެކު ދެއްކެވި ވާހަކައިގެ ނަތީޖާ އަކީ ކޮބައިތޯ އެވެ.؟


10:00


މެދުކަނޑާ ލުމަށް ފަހު ޖަލްސާ އަލުން ފައްޓައިފި އެވެ.


10:08


ޖަލްސާ މެދުކަނޑައިލައިފި އެވެ. ރިއާސަތުން ވިދާޅުވީ ދެން ޖަލްސާ ކުރިއަށް ގެންދާނީ ނަން އިއްވި ދެ ބޭފުޅުން ޖަލްސާ އިން ނުކުންނެވުމުން ކަމަށެވެ.


 


ތަޅުން ހޫނުވާން ފަށައިފި އެވެ. ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގު މުފީދުގެ ނަން އިއްވައިފި އެވެ. ބާރަށު ދާއިރާގެ މެންބަރު މުހަންމަދު ޝިފާޒު ޖަލްސާ އިން ނުކުންނަވަން އަންގަވައިފި އެވެ.


10:03


މަޑަވެލި ދާއިރާގެ މެންބަރު އަހުމަދު ނާޒިމު ވިދާޅުވީ ކޮމެޓީގެ މަރުހަލާ ނިންމުމަށް ފަހު މައްސަލަ ނިންމަން ޖެހޭ ކަމަށެވެ.


10:01


ރިއާސަތުން ވިދާޅުވީ ވާހަކަ ދައްކަވާ ބޭފުޅުންނަށް ދަތިނުވާ ގޮތަށް ވާހަކަ ދެއްކުމަށެވެ.


9:56


މޫސާ ވިދާޅުވީ ރައީސް ބޭނުން ގޮތަކަށް މިތަނުގެ ކަންތައްތައް ނުގެންދެވޭނެ ކަމަށެވެ.


9:55


ގަލޮޅު ދެކުނު، އަހުމަދު މަހުލޫފު ވިދާޅުވީ އެމްޑީޕީން ނިންމާފައި އޮތީ ވޯޓާ ހަމައަށް ގެންގޮސް ޖަލްސާ ފަނިކޮށްލުން ކަމަށެވެ. އޭނާ ވިދާޅުވީ ވޯޓަށް އަހަން ޖެހޭނީ ވަކިވަކިން ކަމަށެވެ. އަދި އޭނާ ވިދާޅުވީ ގާނޫނު އަސާސީގައި ރަމްޒީ މާއްދާއެއް ނޯންނާނެ ކަމަށެވެ. ރުހުން ނުދީފި ނަމަ އެ ބޭފުޅުންނަށް ގޮނޑީގައި ނުތިއްބެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ "ކުބޭ" އޭނާގެ މައިން ބަފައިންނާ ބެހެމުންދާ ކަމަށެވެ. އަލުން މި މައްސަލަ ކޮމެޓީ އަށް ފޮނުވަން ނުޖެހޭ ކަމަށެވެ.


9:53


އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވީ މައްސަލަ ކޮމެޓީން ޝަރުތު ހަމަވޭތޯ ބެލުމަށް ފަހު ތަޅުމަށް ގެނެސް ގަނޑުކޮށް ވޯޓަށް އެހުން ކަމަށެވެ.


9:48


ކެލާ ދާއިރާގެ މެންބަރު މައުސޫމު ވިދާޅުވީ އަލީ ވަހީދަށް ތާއީދު ކުރައްވާ ކަމަށެވެ.


9:44


ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރުވާ ކޮމެޓީން ކުރެއްވި ކަމަކީ ވަޒީރުންގެ ޒާތީ ކަންކަމާ ބެހޭ ގޮތުން ސުވާލު ކުރަން ކަމަށެވެ. އޭނާ ވިދާޅުވީ އިދިކޮޅު ޕާޓީން ބޭނުން ވަނީ އިދިކޮޅު ޕާޓީން ވަޒީރުން ވެސް އައްޔަން ކުރުން ކަމަށެވެ. ވަޒީރުންނަށް ރުހުން ދިނުމަކީ ރަމްޒީ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.


9:43


ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވީ ކޮމެޓީގެ ރިޕޯޓަކީ ސައްހަ ރިޕޯޓެއްތޯ އެވެ؟ އޭނާ ސުވާލު ކުރެއްވީ އެ ރިޕޯޓަކީ އެއީ ސުޕްރީމް ކޯޓުގެ ނިންމުމާ ހިލާފު ރިޕޯޓެއްތޯ އެވެ؟


9:40


ފަރެސް މާތޮޑާ މެންބަރު ވިދާޅުވީ ބަހުސަށް ނުގޮސް ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.މ


9:32


މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު ވިދާޅުވީ މި މައްސަލަ ލަސްކުރުމަށް ކޮމެޓީ އަށް ގެންދެވުމަކީ އެދެވިގެން ވާ ކަމެއް ނޫން ކަމަށެވެ. ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމު ރަޝާދު އެޑިޔުކޭޝަން މިނިސްޓަރު އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައާ ހިސާބުން ކަމަށެވެ. ވަޒީރުން އިސްތިއުފާ ދެއްވީ އެހާ ހިސާބުން ކަމަށް ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ އަލީ ވަހީދުގެ ހުށަހެޅުމަށް ތާއީދު ކުރައްވާ ކަމަށެވެ.


9:32


ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ވިސްނުން ހުރީ ސަރުކާރާ ޖެއްސުން ކުރުން ކަމަށެވެ. އޭނާ ވިދާޅުވީ ވަޒީރުކަމަށް ހުށަހަޅުއްވާފައިވާ ބޭފުޅުންނަކީ ޝަރުތުހަމަވާ ބޭފުޅުންތޯ ބެލުމަށް ކޮމެޓީއަށް މައްސަލަ ގެންދަން ޖެހޭ ކަމަށެވެ.


9:27


ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ މިއަދުން މިއަދުން މިއަދަށް މައްސަލަ ނިންމަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ވޯޓަށް އަހަން ޖެހޭނީ ވަކިވަކިން ކަމަށެވެ.


9:26


މަޖިލީހުގެ ތަޅުން ހޫނުވާން ފަށައިފި އެވެ. ބެކްގްރައުންޑުން އިވެނީ ޒުވާބުގެ އަޑެވެ.


\9:22


ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ މި މައްސަލައަކީ މިއަދުން މިއަދަށް ނިންމަން ޖެހޭ މައްސަލެއް ކަމަށެވެ. އަދި ވިދާޅުވީ އަބްދުއްރަހީމްގެ ހުށަހެޅުމަށް ތާއީދު ކުރައްވާ ކަމަށެވެ. ރިޔާޒު ވާހަކަ ދެއްކެވި އިރު މަޖިލީހުގެ ތަޅުން ހޫނުވަމުން ދިޔަ ތަން ފެނުނެވެ.


9:17


ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހަންމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވައިދުގެ ގަވައިދުގެ 171 ވަނަ މާއްދާ ގެ ދަށުން ކަމަށެވެ. އޭނާ ވިދާޅުވީ ކޮމެޓީ ސްޓޭޖުގެ މަރުހަލާ ކަނޑައްތު ކުރުމަށް ފަހު މައްސަލަ ނިންމަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުގެ ކޮމެޓީގެ ގާބިލުކަން، މިއަދުން މިއަދަށް ނިންމައި މަޖިލީހަށް ގެނައުމުގެ ގާބިލްކަން ވެސް އޮތް ކަމަށެވެ. ނަމަވެސް ވޯޓަށް އަހަން ޖެހޭނީ ވަކިވަކިން ކަމަށެވެ.


9:14


ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު ވިދާޅުވީ މި މައްސަލައަކީ މަޖިލީހުން ގޮތެއް ނިންމަން ޖެހޭ މައްސަލައެއް ކަމަށެވެ. އޭނާ ވިދާޅުވީ ގަނޑުކޮށް ކަމަށް ވެސް އަދި ވަކިވަކިން ނަމަވެސް މިއީ ނިންމަން ޖެހޭ މައްސަލައެއް ކަމަށެވެ. އޭނާ ވިދާޅުވީ ކުރަން ޖެހޭ މައްސަލަ އަކީ ކޮމެޓީ އަކަށް ގެންދަން ޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ މައްސަލަ އަވަސް ކުރަން ޖެހޭ ކަމަށެވެ.


9:09


މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ހުޅުހެންވޭރު ދާއިރާގެ މެންބަރުގެ ހުށަހެޅުމަކީ މައްސަލަ ލަސްކުރުމަށް ހުށަހެޅި ހުށަހެޅުމެއް ކަމަށެވެ. އަދި ވިދާޅުވީ އެ ހުށަހެޅުއްވުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. އޭނާ ވިދާވީ މި މަޖިލީހުން ވާނީ ތިން ވަޒީރަކަށް ރުހުން ދީފައިވާ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ 16 ވަނަ ރައްޔިތުންގެ މަޖިލީހުން މުޅި ކެބިނެޓަށް ރުހުން ދިނުމުގައި އަމަލު ކުރި ގޮތަށް 17 ވަނަ މަޖިލީހުން ކަން ކުރަން ނުޖެހޭނެ ކަމަށެވެ.


9:06


އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާ މަނިކު ވިދާޅުވީ ކޮމެޓީން މައްސަލަ ބެލުމަށް ފަހު މައްސަލަ ތަޅުމަށް ގެނައުމަށެވެ. 


 


މިއަދުގެ ޖަލްސާ އަށް ވެސް އެޖެންޑާކޮށްފައި ވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެވެ.


9:03


ރައްޔިތުންގެ މަޖިލީހުގެ ރައީސް މިހާރު އިއްވަމުން ދަނީ ވަޒީރުންނަށް ރުހުން ދިނުމާ ބެހޭ ގޮތުން މިހާ ހިސާބަށް ކަން ހިނގާފައިވާ ގޮތެވެ.


 


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށައިފި އެވެ.