20 Mar 2010, 10:36
14:30
2022 ވަނަ އަހަރު ވޯލްޑް ކަޕް ބޭއްވުމަށް އިންޑޮނޭޝިޔާ އިން ހުށަހަޅައިފައި އޮތް ބިޑް ފެއިލްވެއްޖެ ކަމަށް ފީފާއިން އަންގައިފި އެވެ.
ދުނިޔޭގެ ފުޓްބޯޅަ އިދާރާ އިން ނެރެފައިވާ ބަޔާނުގައި ވަނީ އިންޑޮނޭޝިޔާގެ ބިޑް ފޭލްވީ ވޯލްޑް ކަޕް ބޭއްވިދާނެކަމުގެ ގެރެންޓީ އިންޑޮނޭޝިޔާ ސަރުކާރުން ނުދެވުމުން ކަމަށެވެ. އިންޑޮނޭޝިޔާގެ ސަރުކާރުން ބުނެފައިވަނީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް އެގައުމުގައި ބޭއްވުމަށް ހުށަހަޅައިފައިވާ ބިޑަށް ރައްޔިތުންގެ ފަރާތުން އެކަށީގެންވާވަރުގެ އެއްބާރުލުމެއް ނުލިބޭ ކަމަށެވެ.