23 Jul 2013, 14:21
ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ ރެއިލެއްގެ ދަށަށް ވެއްޓުނު އަންހެނަކު ސަލާމަތްކޮށްފި އެވެ.
ޖަޕާނުގެ ޔޮމިއުރީ ނޫހުން ބުނީ އުމުރުން 30 އަހަރުގެ އަންހެނަކު ރެއިލްގެ ދަށަށް ވެއްޓުނީ ރެއިލުން ފައިބަނިކޮށް ރެއިލްއާއި ރެއިލްވޭއާ ދެމެދު އޮންނަ ހުސް ޖާގަ ތެރެއިން ވެއްޓުމުން ކަމަށެވެ.
އަންހެން މީހާ ވެއްޓުމުން ރެއިލްވޭ ސްޓޭޝަންގެ އަޑުގަދަކުރާ ނިޒާމު ބޭނުންކޮށްގެން އޮފިޝަލުން ވަނީ އަންހެން މީހާ ސަލާމަތްކުރުމުގައި އެހީވުމަށް ރެއިލުން ފޭބި އެހެން ޕަސިންޖަރުންގެ ކިބައިން އެދިފަ އެވެ.
އަންހެން މީހާ ސަލާމަތްކޮށްފައި ވަނީ ރެއިލް ކޮންމެވެސް ވަރަކަށް އެއް ފަޅިއަކަށް އަރިކޮށްލައިގެން ނެވެ.
ރެއިލް އަރިކޮށްލުމުގައި ރެއިލް ބޭނުންކުރި ހުރިހާ އެންމެ އެހީވި ކަމަށް ޔޮމިއުރީ ނޫހުން ބުނެ އެވެ.
މިހާދިސާގައި އަންހެން މީހާގެ އަތުން ތަންތަން މަށައިގެން ގޮސްފައިވާ ކަމަށާއި ސީރިއަސް އަނިޔާތަކެއް ނުލިބޭ ކަމަށް މައުލޫމާތު ލިބެ އެވެ.
ޖަޕާނުގެ ރެއިލްވޭ އޮފިޝަލުން ބުނީ ރެއިލް ކޮންމެވެސް ވަރަކަށް އަރިކުރެވިފައި ވަނީ ރެއިލްގެ ސަސްޕެންޝަން ސިސްޓަމް ފަރުމާކޮށްފައިވާ ގޮތުގެ ސަބަބުން ކަމަށާއި މިހާދިސާއަށް ފަހު އަށް މިނެޓުގެ ޑިލޭއަކާ އެކު ރެއިލް އަނެއްކާ ވެސް ދަތުރު ފަށާފައިވާ ކަމަށެވެ.
މިހާދިސާ ހިނގި އިރު ރެއިލްވޭ ސްޓޭޝަންގައި ހުރި ޔޮމިއުރީ ނޫހުގެ ފޮޓޯގުރަފަރަކު ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގެ ތެރޭގައި ދަނީ ފެތުރެމުން ނެވެ.