އުމުރުން 11 އަހަރުގެ ކުއްޖެއް ކަމަށްވާ އަލީ ސަނީމް މުހައްމަދު ލިޔެފައިވާ "ސްކައި އިޒް ދަ ލިމިޓް" ފޮތް ވިއްކަން ފަށައިފި އެވެ.

މި މަހުގެ 12 ވަނަ ދުވަހު ލޯންޗުކުރި އެ ފޮތް ބާޒާރަށް ނެރެފައި ވަނީ ރޭގަ އެވެ. ފޮތް މާލޭގެ ބްކްޝޮޕްތަކުން 85 ރުފިޔާ އަށް ލިބެން އެބަހުއްޓެވެ.

ސ. ފޭދޫ ސްކޫލުގެ ގްރޭޑް 5ގައި ކިޔަވަމުން އަންނަ ސަނީމް ލިޔެފައިވާ މިފޮތަކީ ކާމިޔާބު މީހަކަށް ވުމަށް ކުރަން ޖެހޭ ކަންކަމަށް އަލިއަޅުވާލާ އިނގިރޭސި ބަހުން ލިޔެފައިވާ ފޮތެކެވެ.

މިފޮތުގައި ހިމެނޭ ނުވަ ޗެޕްޓަރުގައި ސަނީމް ލިޔެފައި ވަނީ ކާމިޔާބީ ހާސިލްކުރަން ބޭނުން ނަމަ ހަޔާތް ބައްޓަން ކުރަން ޖެހޭ ގޮތްތަކާ ބެހޭ ގޮތުން ނެވެ.