23 Jul 2013, 11:36
ކާބޯ ވެޓަރަންސް ފުޓްބޯޅަ މުބާރާތުގައި ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) އާއި ކްލަބް އީގަލްސް ބައްދަލުކުރި މެޗް އެއްވެސް ޓީމަކަށް ލަނޑެއްއ ނުޖެހި އެއްވަރުވެއްޖެ އެވެ.
ޓާފް އެއް ނަންބަރު ދަނޑުގައި އިއްޔެ ކުޅުނު މެޗްގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ލިބި ބޭނުންނުހިފި ގޮސްފައިވާ އިރު މެޗްގެ ފަހު ހާފްގައި ޑީއެސްސީގެ ޖާޒީ ނަންބަރު 22 ސާޖަންޓް މުހައްމަދު ރަޝީދަށް ވަނީ ރެފްރީ ރީނދޫ ކާޑެއްދައްކާފަ އެވެ.
ތާވަލުގެ އެއް ވަނައިގައި އޮތީ ދިހަ ޕޮއިންޓާ އެކު ކްލަބް އީގަލްސް އެވެ. ދެ ވަނަ މާގާމްގައި ހަތް ޕޮއިންޓާ އެކު އޮތީ އޭވައިއެލް އެވެ. ތިން ވަނަ މަގާމްގައި އޮތީ ފަސް ޕޮއިންޓާ އެކު ނިއުރޭޑިއަންޓެވެ. އެހެން ނަމަވެސް ޕޮއިންޓުގެ ގޮތުން ސިފައިން ވެސް ވަނީ ނިއުއާ އެއްވަރު ކޮށްފަ އެވެ. އެކަމަކު ގޯލްގެ ތަފާތުން ކުރި ލިބެނީ ނިއުއަށެވެ. ތާވަލްގެ ފަސް ވަނަ މަގާމްގައި އެއް ޕޮއިންޓާ އެކު އޮތީ މާޒިޔާ އެވެ. އަދި ޕޮއިންޓެއް ނުލިބެ ތާވަލްގެ އެންމެ ފުލުގައި އޮތީ ބީޖީ އެވެ.
މުބާރާތުގައި މިއަދު ހަވީރު 4:30ގައި ބައްދަލު ކުރާ ދެ ޓީމަކީ މާޒިޔާ އާއި ނިއުރޭޑިއަންޓެވެ.
މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ލީގު އުސޫލުން އެއްބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެއް ސެމީ ފައިނަލަށް ދަތުރު ކުރާ ގޮތަށެވެ.
މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ ރޯދަ މަހުގެ 29 ވަނަ ދުވަހު އެވެ.