ކުރިކެޓް ބޯޑުން އިންތިޒާމްކޮށްގެން ބާއްވާ އަލޯރާ ރަމަޟާން ކްރިކެޓް ކާނިވަލްގެ އޯޕަން ޓޭޕް ބޯލް ކްރިކެޓް މުބާރާތުގެ ފައިނަލަށް މާލޭސް މެލޯއާއި ހޮބީސްޓް ދަތުރު ކޮށްފި އެވެ.

އިއްޔެ ފުރަތަމަ މެޗް މާލޭ ސްޕޯޓްސް ކްލަބާއި ބައްދަލުކޮށް 50 ލަނޑުން ކާމިޔާބުކުރީ މާލޭސް މެލޯ އެވެ. ޓޮސް ދިމާވުމުން މާލޭ ސްޕޯޓްސް ކްލަބް ގަސްދުކުރީ ހޮވުމަށެވެ. މާލޭސް މެލޯ ކުޅެންއަރާ އެންމެ ކުޅުންތެރިއެއް ނުބައިވެގެން 105 ލަނޑުހެދި އެވެ. އަހްމަދު އަމީލް،35، މުހަންމަދު ރިސްވާން 31 އަދި އަހްމަދު އުމަރު 20 ލަނޑުހެދި އެވެ.

މާލޭ ސްޕޯޓްސް ކުޅެންއަރާ އަށް އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 55 ލަނޑެވެ. މެޗްގައި އެންމެ ރަނގަޅަށް އުކީ ދެ އޯވަރު 10 ލަނޑަށް ދެވިކެޓްނެގި އަހްމަދު އުމަރުއެވެ.

އިއްޔެގެ ދެވަނަ މެޗް އެންކާ ލިލީއާއި ބައްދަލުކޮށް ހޮބީސްޓް ކާމިޔާބުކުރީ 62 ލަނޑުންނެވެ. ޓޮސް ދިމާވުމުން އެންކަލިލީ ގަސްދުކުރީ ހޮވުމަށެވެ. ހޮބީސްޓް ކުޅެންއަރާ އަށް އޯވަރުގެތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 122 ލަނޑުހެދި އެވެ. އެންމެ ރަގަޅަށް ކުޅުނީ 33 ލަނޑުހެދި އަބްދުﷲ ސާހިދުއާއި 21 ލަނޑުހެދި މަހްމޫދު ރިޔާޒު އެވެ.

ޖަވާބުގައި އެންކާ ލިލީ ކުޅެންއަރާ އަށް އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 60 ލަނޑުއެވެ. މެޗްގައި އެންމެ ރަގަޅަށް އުކީ ދެ އޯވަރު 11 ލަނޑަށް ތިން ވިކެޓްނެގި މުހަންމަދު ސައީދުއެވެ.

ފައިނަލްގައި މާލޭސް މެލޯއާއި ހޮބީސްޓް ބައްދަލުކުރާމެޗް ފަށާނީ މިއަދު ހަވީރު 4:30 ގައެވެ. ކުޅުން ކުރިއަށް ދާނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގަ އެވެ.