23 Jul 2013, 11:11
ފުރަތަމަ އިންޓަ އޮފީސް ބިލިއާޑް ޗެމްޕިއަންޝިޕްގައި ރޭ ކުޅުނު މެޗްތަކުން އެމްބީސީ އާއި ބީއެމްއެލް އަދި ދިރާގު މޮޅުވެއްޖެ އެވެ.
މުބާޜާޓުގައި ރޭ ކުޅުނު ހަތަރު މެޗުގެ ތެރެއިން ފުރަތަމަ މެޗްގައި ބައްދަލުކުރަން ހަމަޖެހިފައި އޮތީ އެސްޓީއޯ އާއި ކުލަބް އެމްބީސީ އެވެ. މުބާރާތުން އެސްޓީއޯ ވަކިވެފައި ވާތީ އެމްބީސީ އަށް ރޭގެ މެޗު ލިބުނީ ސީދާ ތިން ސެޓުންނެވެ.
ރޭގެ ދެ ވަނަ މެޗުގައި ބައްދަލުކުރީ ބީއެމްއެލް އާއި އެމްއެންޑީއެފް އެވެ. މެޗް 2-1 ކުން ކާމިޔާބު ކުރީ ބީއެމްއެލް އެވެ. އަދި މީގެ އިތުން ބީއެމްއެލް އިން ރޭ ކުޅުނު ދެ ވަނަ މެޗުން ގައި އެ ޓީމް ބައްދަލުކުރީ އެމްޕީއެލްއާ އެވެ. އެ މެޗު ވެސް ބީއެމްއެލް އިން ކާމިޔާބު ކުރީ 2-1 އިންވެ.
ރޭގެ ތިން ވަނަ މެޗްގައި ކުޅެން ހަމަޖެހިފައި އޮތީ އެސްޓީއޯ އާއީ ދިރާގެވެ. އެކަމަކު އެސްޓީއޯ މުބާރާތުން ވަކިވެފައި ވާތީވެ ރޭގެ މެޗް ދިރާގަށް ލިބުނީ ސީދާ ތިން ސެޓުންނެވެ.
މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައި ވަނީ ސެމީ ފައިނަލްގެ ތިން މެޗެވެ. ފުރަތަމަ މެޗުގައި މިރޭ 9:30ގައި ބައްދަލުކުރާ ދެ ޓީމަކީ ގްރޫޕް އެކެއްގެ އެއް ވަނަ ޓީމު ދިރާގައި ގްރޫޕް ދޭއްގެ އެއްވަނަ ޓީމް ބީއެމްއެލް އެވެ. މެޗުން މޮޅުވާޓީމެއް ފައިނަލަށް ދަތުރު ކުރާނެ އެވެ. އަދި ބަލިވާ ޓީމެއް ކުޅެންހަމަޖެހިފައި އޮތީ ސެމީ ފައިނަލުގެ ތިން ވަނަ މެޗެވެ.
ސެމީގެ ދެ ވަނަ މެޗުގައި މިރޭ 11:00 ޖަހާއިރު ބައްދަލުކުރާ ދެ ޓީމަކީ ގްރޫޕް އެކެއްގެ ދެ ވަނަ ޓީމް ކުލަބް އެމްބީސީ އާއި ގްރޫޕް ދޭއްގެ ދެ ވަނައަށް ދިޔަ ޓީއެމްއޭ އާ އެވެ. މެޗުން މޮޅުވާ ޓީމެއް ކުޅޭނީ ތިން ވަނަ ސެމީ ފައިނަލެވެ. ތިން ވަނަ ސެމީ ފައިނަލް މެޗް ކުޅޭނީ 12:00 ޖަހާއިރު އެވެ.