22 Jul 2013, 23:15
މިހާރު ހިނގަމުންދާ ހަ ވަނަ ދުންތަރި އިބްރާހިމްމަނިކް މެމޯރިއަލް ޓޭބަލް ޓެނިސް ޗެންޕިއަންސިޕް ރޭ އަންހެން ކެޓަގެރީން އެސްޓީއޯ އަދި ކެންސާ ސޮސައިޓީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
އެސްޓީއޯ އަދި ކެންސާ ސޮސައިޓީ ވެސް ފައިނަލަށް ދިޔައި ދިރާގު އަތުން މޮޅުވެގެންނެވެ.
ރޭ ކުޅެވިގެންދިޔަ ފިރިހެން ކެޓަގަރީގައި އައިލެންޑް ވޯޓާސްޕޯޓްސް އަދި ކޭޕީއެމްޖީ ބައްދަލުކޮށް އައިލެންޑް ވޯޓާސްޕޯޓްސް 3-1 މޮޅުވި އެވެ.
ދެވަނަ މެޗްގައި ބޭންކް އޮފް މޯލްޑިވްސް އަދި ޖުމެއިރާ ބައްދަލުކޮށް 3-2 ބެންކު މޮޅުވި އެވެ. އެސްޓީ އާއި ދިރާގް ބަދަލުކޮށް ދިރާގް 3-2 މޮޅުވި އެވެ. ވަތަނިޔާ އާއި އައިލެންޑް އޭވިއޭޝަން ބަދަލުކޮށް މެޗް ކާމިޔާބުކުރީ އައިލެންޑް އޭވިއެޝަން މޮޅުވީ 3-2 އެވެ. އަދި ޖޫނިޔާ ކެޓަގަރީގައި ރެޑް ޓީމާއި ބުލޫ ޓީމް ބަދަލުކޮށް 3-2 މޯޅުވީ ބުލޫ ޓީމެވެ.