ރައްޔިތުންނާއި ސަރުކާރު ހިއްސާވާ ކުންފުނި (އެސްޓީއޯ) އިން މި ރޯދަ މަހަށް ހާއްސަކޮށްގެން "ފިލިޕްސް އިންސްޓަގްރާމް ފޮޓޯ ކޮންޓެސްޓް"ގެ ނަމުގައި ފޮޓޯ މުބާރާތެއް ފަށައިފި އެވެ.

އެސްޓީއޯ އިން ބުނީ އިންސްޓަގްރާމް ބޭނުން ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ފެށި އެ ފޮޓޯ ކޮންޓެސްޓުގައި ބައިވެރިވެގެން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ވަރަށް ހާއްސަ އިނާމެއް ލިބޭނޭ ކަމަށެވެ.

ފިލިޕްސް އިންސްޓަގްރާމް ފޮޓޯ ކޮންޓެސްޓްގައި ބައިވެރިވުމަށް ހަދަން ޖެހޭ ގޮތަކީ، ފިލިޕްސް ބަދިގެ ސާމާނުން ތައްޔާރުކުރާ އެއްޗެއްގެ ފޮޓޯއެއް ނެގުމަށް ފަހު، philips@stoplc# ޖަހައިގެން ޓެގް ކޮށްލުމަށް ފަހު، ކޮންމެ ބޭފުޅަކު ވެސް އެބޭފުޅެއްގެ އިންސްޓަގްރާމް އަމިއްލަ ޕްރޮފައިލް ބޭނުން ކޮށްގެން ޕޮޓޯ އަޕްލޯޑް ކޮށްލައްވާނީ އެވެ.

އެސްޓީއޯ އިން ބުނީ، ކޮންޓެސްޓްގައި ބައިވެރިކުރުމަށް ނަގާ ފޮޓޯތަކުގެ ތެރޭގައި ފިލިޕްސް ބަދިގެ ޕްރޮޑަކްޓްސްގެ ތެރޭގައި ހިމެނޭ ފްރަޔާއާއި ގްރިލް، ފިލިޕްސް ސްޓީމާ އަދި ބްލެންޑާ ފަދަ ސާމާނުތައް ބޭނުން ކުރެވިދާނެ ކަމަށެވެ.

އެސްޓީއޯގެ ފިލިޕްސް އިންސްޓަގްރާމް ފޮޓޯ ކޮންޓެސްޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި ރޯދަމަހުގެ ނިޔަލަށެވެ.