އެސްޓީއޯ އިން ރޯދަޔަށް ހާއްސަކޮށްގެން ބިހާއި ފިޔާގެ އިތުރުން އަލުވީގެ ބޮޑު ސުޓޮކެއް ގެނައުމުގެ ސަބަބުން ބާޒާރުގައި އެތަކެތީގެ އަގު ދަށަށް ހިނގައްޖެ އެވެ.

އެސްޓީއޯ އިން މިފަހަރު ގެނެސްފައި ވަނީ 4000 ކޭސް ބިހާއި 5400 ބަސްތާ ފިޔަލުގެ އިތުރުން 1500 ބަސްތާ އަލުވި އެވެ.

ރޯދަޔަށް ހާއްސަކޮށްގެން އެސްޓީއޯ އިން މިފަހަރު ގެނައި ސުޓޮކް ވިއްކަމުން ދަނީ ކުރިން ވެސް އެތަކެތި ވިއްކިއަގުގަ އެވެ. އެގޮތުން ފިޔާ ބަސްތާއެއް ވިއްކަނީ 230ރ. އަށެވެ. އަދި އަލުވި ބަސްތާއެއް 190ރ. އަށް ވިއްކާ އިރު ބިސް ކޭހެއް ވިއްކަނީ 280ރ. އަށެވެ. އަދި ފިޔާ ކިލޯއެއް 10ރ. އަށް ވިއްކާ އިރު އަލުވި ކިލޯއެއް އަށް ރުފިޔާ އަށް ވިއްކާ އިރު އެކުންފުނިން ވަކި ބިހެއް ވިއްކަނީ 1.50ރ. އަށެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ޝާހިދު އަލީ މިއަދު ސަން އަށް ވިދާޅުވީ އެޝިޕްމެންޓް މިއަދު ވިއްކަންފަށާފައިވާ އިރު ބޮޑަށް އިސްކަންދީފައި ވާނީ ސީދާ އާންމު ރައްޔިތުނަށް އެތަކެތި ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން އައިޑީ ކާޑް ހިފައިގެން ދާ ކޮންމެ މީހަކަށް ބަސްތާއެއްގެ ރޭޓުން ފިޔަ އާއި އަލުވި އަދި ބިސް ކޭހެއް ވިއްކުމަށް ނިންމާފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި މިފަހަރު ވެސް އެތަކެތި ވިއްކަމުން ދަނީ ކަމަށް ޝާހިދު ވިދާޅުވި އެވެ.