ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ފެންހޮޅިއެއް ފަޅައިގެންދިއުމާ ގުޅިގެން އެ އޮފީހުގައި ފެންބޮޑުވެއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ އޮފީހުގެ ތިން ވަނަ ބުރީގެ ފެންހޮޅިއެއް ފަޅައިގެން ގޮސްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށާއި ފެންބޮޑުވުމުގެ ސަބަބުން މަސައްކަތަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ.

ފެންހޮޅި ފަޅައިގެން ގޮސް މަތިން ފެން ފޭބުމުގެ ސަބަބުން ދެވަނަ ބުރީގެ ސީލިންގުން ބައެއވެއްޓިފައިވާ ކަމަށް ވެސް ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ ފެން ބޮޑުވުމުގެ ސަބަބުން އެއްވެސް ލިޔެކިޔުކަމަށް ގެއްލުން ލިބިފައިނުވާ ކަމަށާއި ނަމަވެސް ބައެއް ކޮމްޕިއުޓަރު ސިސްޓަމްތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.