ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ކަމަށް ތުހުމަތު ތުހުމަތު ކުރެވޭ މީހަކު ކަސްބީ އަންހެނުންތަކާ އެކު ބަދުއަހުލާގީ އަމަލު ހިންގައި އަދި ބަރަހަނާވާ މަންޒަރު ދައްކުވައިދޭ ވީޑީއޯއެއް ސޯޝަލް މީޑިއާގައި ލީކްކޮށްލައިފި އެވެ.

ޔޫޓިއުބްގައި މިރޭ ލީކްކޮށްލައިފައިވާ އެ ވީޑިއޯގައި ހިމަނާފައި ވަނީ ކުރިން ވެސް ލީކްކޮށްލައިފައިވާ ވީޑިއޯތަކުގެ ތެރެއިން ބައެއް ވީޑިއޯތަކާ އެކުގައި ކަމަށް މަންޒަރުދުށް މީހުން ބުންޏެވެ.

މަންޒަރުދުށް މީހުން ބުނީ މިރޭ ލީކްކޮށްލާފައިވާ ވީޑިއޯގައި ހިމަނާފައިވާ ހަތަރު ވަނަ ވީޑިއޯ ކްލިޕުން ފެންނަނީ މި އަހަރު ޖެނުއަރީގެ މަހުގެ 25 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ބިދޭސީ އަންހެނަކު އަލީ ހަމީދު ކަމަށް ޝައްކު ކުރެވޭ މީހާ އުޅޭ ކޮޓަރީގެ ތެރެއަށް ވަދެ ބަރާހާނާ ވަމުން، އަލީ ހަމީދު ކަމަށް ތުހުމަތު ކުރެވޭ މީހާ ކައިރިން ވެސް ބަރަހާނާ ވުމަށް އެދޭ މަންޒަރު ކަމަށެވެ. އެގޮތުން ދެން ފެންނަނީ ދެ މީހުން ބަރަހާނާވެ، އެނދުމަތީގައި "ބަދުއަހުލާގީ އަމަލު" ހިންގާ މަންޒަރު ކަމަށް ވެސް އެެ މީހުން ބުންޏެވެ.

މިރޭ ލީކްކޮށްލާފައިވާ ވީޑިއޯގެ އެންމެ ފަހު ބައިގައި ފެންނަނީ ލަންކާގެ އަންހެނެއް ކަމަށް ބެލެވޭ މީހަކު އަލީ ހަމީދު ކަމަށް ބެލެވޭ މީހާގެ ކޮޓަރި ތެރޭގައި ހަރަކާތްތެރިވަމުންދާ މަންޒަރެވެ. އެ ވީޑިއޯ ކްލިޕްގައި އަލީ ހަމީދު ކަމަށް ބެލެވޭ މީހާ އެނދުގައި އޮށޯވެ އޮވެ، އަންހެން މީހާގެ އަތަށް އޭނާގެ އަތްދިނުމަށް ފަހު އަތް ބަލައިދިނުމަށް އެދެ އެވެ. އެއަށް ފަހު ފެންނަނީ އަންހެންމީހާގެ މަތީ ހެދުން ކަޝްފު ކުރާ މަންޒަރެވެ. އެއަށް ފަހު އެ އަންހެން މީހާ އަލީ ހަމީދު ކަމަށް ޝައްކު ކުރެވޭ މީހާ އަރިހުން "ކޮންޑަމް" ހުރިތޯ އަހަ އެވެ.

އެ ވީޑިއޯގެ ދެވަނަ ބައިގައި ނަގާފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުގެ އިރާކޮޅު ގާތްގަނޑަކަށް 9 ޖަހާއެހާކަންހާއިރު ކަމަށް ވީޑިއޯ ނަގާފައިވާ ކެމެރާގެ ގަޑިއަށް އަރާފައި ހުރެ އެވެ. އެގޮތުން އެބައިގައި އަލީ ހަމީދު ކަމަށް ތުހުމަތު ކުރެވޭ މީހާ އާއި ގޯލްޑަން ލޭންގެ ހިއްސާދާރު މުހަންމަދު ސައީދު (ގޯލްޑަން ލޭން ސައީދު) ކަމަށް ޝައްކުކުރެވޭ މީހާއާ ދެ މީހުން ސިޔާސީ ވާހަކަތަކެއް ދައްކަ އެވެ. އެ ދެ މީހުންގެ ތެރެއިން ސައީދު އޮންނަނީ އަލީ ހަމީދު ކަމަށް ތުހުމަތު ކުރެވޭ މީހާ އަންހެނަކާ އެކު ކުރިން އޮތް އެނދުގައި ކަމަށް ލަފާކުރެވެ އެވެ.

ލީކްކޮށްލާފައިވާ އަލީ ހަމީދު ކަމަށް ތުހުމަތު ކުރާ ވީޑިއޯ ކްލިޕްތަކަކަކީ ވެސް އޭނާ ހުރި ކޮޓަރީގެ ތެރޭގައި ހަރުކޮށްފައިވާ ސިއްރު ކެމެރާއަކުން ނަގާފައިވާ ވީޑިއޯއެއްގެ ބައިތަކެއް ކަމަށް ކެމެރާކޮށްފައިވާ ގޮތުންނާއި ކެމެރާއަށް އަރާ ތާރީހާ ގަޑިއަށް ބެލުމުން ބެލެވެ އެވެ.