08 Nov 2010, 11:29
ކުދި ރަށްރަށަށް ޚިދުމަތް ނުދީ، ކުދި ރަށްރަށް ބިކަކޮށް އެކަނިކޮށް އެ ރަށްރަށަށް ތަރައްޤީވެވޭނޭ އުންމީދެއް ނުދީ، އަދި ތަރައްޤީގެ މަގުގައި ކުރިއަށްދެވޭނޭ ގޮތްތަކެއް ހަމަނުޖައްސައި އޮތުމަކީ، ސަރުކާރަށް ޤަބޫލު ކުރެއްވޭނޭ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ނ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، މިއަދު ބ. ކަމަދު އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ މަޤްޞަދަކީ، ރާއްޖެ މި އޮތްގޮތަށް އަންނާން އޮތް ޖީލުތަކަށް ރައްދުކޮށްދެއްވުމާ އެކު، މިއަށްވުރެ ފުރިހަމަ، މިއަށް ވުރެ ހިތްހަމަޖެހޭ، މިއައްވުރެ ހާސްކަން ކުޑަ، މިއަށްވުރެ ތަނަވަސް، މިއަށްވުރެ ފަސޭހަ އެހެންގޮތެއް އެހެން ދިރިއުޅުމެއް ރާއްޖޭގެ ރައްޔިތުންނަށް ހޯއްދަވައި ދެއްވުން ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި، މިކަން މިގޮތަށް ކުރުމަށްޓަކައި، ރާއްޖޭގެ ހުރިހާ ރަށެއް ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެފަދަ ނިޒާމެއްގެ ސަބަބުން އެއް ރަށެއްގެ ޚިދުމަތްތައް އަނެއް ރަށަކަށް ހުޅުވި، ވިޔަފާރީގެ ފުރުސަތުތައް ފަހިވެ، އަޅުގަނޑުމެން މިއެދޭ ތަރައްޤީ ލިބޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ރާއްޖޭގެ ހުރިހާ ރަށްތަކެއް ދަތުރުފަތުރުގެ ނިޒާމަކުން ރަނގަޅަށް ގުޅުނީމާ، މިހާރު ކުދި ރަށްރަށުގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަދޫފަދަ ރަށްރަށް، ކައިރީގައި އޮތް ރަށްރަށާއެކު ގުޅި ބޮޑެތި ރަށްތަކެއްގެ ގޮތުގައި ފާހަގަވާން ފަށާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މީގެއިތުރުން، ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މިރާއްޖެއަށް އައިސްފައިވާ ބަދަލުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ކަމަދު އާއި، މުޅި މިރާއްޖެއަށް ގެނެވިފައިވާ ބަދަލު މާއްދީ އެއްވެސް ބަދަލަކަށްވުރެ ބޮޑުވެފައި މުހިންމު ކަމުގައި ވިދާޅުވި އެވެ. އަދި މިބަދަލަކީ، ރައްޔިތުންނަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިފައި އޮތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކާއި ދަތިތައް ޙައްލުކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ބިރެއް ނެތި ރައްޔިތުންނަށް އެމީހުންގެ މައްސަލަތަކާ މެދު ވާހަކަދައްކައި، އެ މައްސަލަތަކާއި އެ ޝަކުވާތައް އެކިއެކި ފަރާތްތަކަށް ފޯރުވައިދެވޭތީ ކަމުގައި ވިދާޅުވި އެވެ. މިކަން މިހެން މިވަނީ މި ރާއްޖެއަށް މިހާރު ގެނެވިފައިމިވާ އާ ޤާނޫނު އަސާސީއާއި ވެރިކަމުގެ ނިޒާމުގެ ސަބަބުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވ