މާލޭގައި މިރޭ ޒުވާނަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފި އެވެ.

ފުލުހުން ބުނީ މިރޭ 8:00 ޖަހާ އެހައިކަންހާއިރު ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލާފައި ވަނީ ބޮޑުތަކުރުފާނުމަގު ދެ ނަމްބަރު ކުނިކޮށިކައިރީގައި ހުރި 18 އަހަރުގެ ޒުވާނަކަށް ކަމަށެވެ.

ތޫނު އެއްޗަކުން ހަމަލަދީ އެ ޒުވާނާގެ ބުރަކަށީގެ ފަސް ތަނަކާއި ކަނާއަތު އުޅަނބޮށި ޒަޚަމްކޮށްލާފައިވާ ކަމަށާއި އޭނާ އަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.


މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުން ގެންދަނީ ތަހުގީގުކުރަމުންނެވެ.