21 Jul 2013, 16:25
ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށާއި ރަނިންމޭޓަކު އިހްތިޔާރު ކުރުމަށް މަޝްވަރާ ދެއްވަނީ
ވޭތުވެދި ތިން ސަރުކާރުގެ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅުންނާއި ކުރީގެ އަސްކަރިއްޔާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅުން ކަމަށް އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާންކޮށްފައިވާ ޑރ. މުހައްމަދު ސައުދު ވިދާޅުވެއްޖެ އެވެ.
"ސަން"އާ ވާހަކަފުޅު ދައްކަވަމުން ސައުދު މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އޭނާގެ ރަނިންމޭޓު ކަމަށް އެދި ފަސް ބޭފުޅަކު ހުށަހަޅުއްވާފައިވާ ކަމަށާއި ނަމަވެސް އެ ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ ސިޔާސީ މަސްރަހަށް ވާދަވެރި ބޭފުޅަކު ނެތް ކަމަށެވެ. މާދަމާ މެންދުރު ފަހުގެ ނިޔަލަށް ވާދަވެރި ބޭފުޅަކު ރަނިންމޭޓު ކަމަށް ކުރިމަތި ނުލައްވައިފި ނަމަ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމާ މެދު ގޮތެއް ނިންމަވާނެ ކަމަށް ސައުދު ވިދާޅުވި އެވެ.
ސައުދު ވިދާޅުވި ގޮތުގައި ރަނިންމޭޓު ކަމަށް ކުރިމަތިލެއްވި "އަހްލާގު ރަނގަޅު" ބޭފުޅުން ހާމަނުކޮށް "ސިއްރެއްގެ ގޮތުގައި" ބާއްވާނެ ކަމަށާއި އެ ބޭފުޅުންގެ ނަންތައް ހާމަނުކުރައްވާނެ ކަމަށެވެ.
ރަނިންމޭޓަކު އިހްތިޔާރު ކުރުމާއި އިންތިހާބުގައި ވާދަކުކުރުމާ މެދު ގޮތެއް ނިންމަވާނީ އޭނާގެ ފަހަތުގައި ތިއްބެވި ކުރީގެ ވަޒީރުންނާއި ކުރީގެ އަސްކަރީ ޖެނަރަލުންނާ މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށް ސައުދު ވިދާޅުވި އެވެ. ނަމަވެސް އެ ބޭފުޅުންގެ ނަމެއް ސައުދު ވިދާޅެއް ނުވި އެވެ.
"އަޅުގަނޑަށް އެކަމުގައި މަޝްވަރާ ދެނީ ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެވި ގާބިލް ބޭފުޅުން. އެއީ ތިން އަހަރުގެ ސަރުކާރުގައި ވަޒީރުކަން ކުރައްވާފައިވާ ބޭފުޅުންނާއި އަސްކަރިއްޔާގައި އިސް މަގާމުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައި ބޭފުޅުން،" ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މަންދޫބެއްގެ ގޮތުގައި ޕީޕީއެމްގެ ވަގުތީ ކައުންސިލްގެ މެންބަރުކަން ކުރެއްވި ސައުދު ވިދާޅުވި އެވެ.
ސައުދު ވިދާޅުވީ އޭނާ އަށް ވާދަވެރި ރަމިންމޭޓަކު ލިބިވަޑައި ނުގެންނެވިޔަސް "ބޮޑަށް ގާތީ އިންތިހާބުގައި ވާދަ ކުރެއްވުން" ކަމުގަ އެވެ. އިންތިހާބުގައި ވާދަކުރައްވުން "ވަރަށް ގާތް ވާ" ސަބަބަކީ ވެރިކަމަށް ކުރިމަތިލެއްވުމަށް އެދި 1500 މީހުން ލައްވައި ފޯމް ފުރުއްވާފައި ވާތީ ކަމަށާއި އެ ރައްޔިތުންގެ ފަރާތުން އެކި ޝަކުވާ އަންނާނެ ކަމަށް ސައުދު ވިދާޅުވި އެވެ.