21 Jul 2013, 14:36
ގއ. ފުނަމައުޑޫގައި ހިންގާ ރޮބިންސަން ކްލަކް މޯލްޑިވްސްގެ ސުވިމިން ޕޫލަކަށް އެރި އުޅުނު ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ އެވެ.
އެ ހާދިސާ ހިނގާފައި ވަނީ އިއްޔެ މެދުރު ފަހު އެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި ޕޫލަށް އެރި އުޅެނިކޮށް މަރުވެފައި އޮއްވައި ފެނުނީ 50 އަހަރުން މަތީގެ ޗައިނާ އަންހެނެކެވެ. ޕޫލުގެ ފުން ހިސާބަކަށް އެރި އުޅެނިކޮށް ގެނބިގެން އެ އަންހެންމީހާ މަރުވި އިރު، ޕޫލުގައި އެހެން ޓޫރިސްޓުން ވެސް ތިބި ކަމަށްވެ އެވެ. ނަމަވެސް އެ މީހާ ގެނބުނު ކަމެއް އެ މީހުންނަކަށް ވެސް ނޭނގެ އެވެ. އޭނާގެ ހަށިގަނޑު ފެނުނީ މަރުވެފައި އޮއްވަ އެވެ.
ޗައިނާގެ އަންހެން މީހާގެ ހަށިގަނޑު އޭނާގެ ގައުމަށް ފޮނުވުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.