އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަންގައި މިއަދު ފައިލްކޮށްފި އެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވުމަށް ޓަކައި މިއަދު މެންދުރު ފަހު އިލެކްޝަންސް ކޮމިޝަނަށް ޑރ. ވަހީދު ހުށަހެޅުއްވި ފޯމާ ހަވާލުވެވަޑައިގެންނެވީ އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ.

ރައީސް ޑރ. ވަހީދުގެ ފޯމް ފައިލް ކުރުމަށް ފަހު އެމަނިކުފާނުގެ ޓީމާ ބައްދަލުކުރައްވައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ކުރެވެން ހުރި ހުރިހާ މަަސައްކަތެއް ކުރައްވަމުން ގެންދަވާ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ރައީސް ޑރ. ވަހީދުގެ ރަނިންމޭޓް އަހްމަދު ތަސްމީން އަލީ ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުގައި ރައީސް ޑރ. ވަހީދު ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާ މަސައްކަތުގައި އެެންމެ ފުރިހަމަށް އެމަނިކުފާނުގެ ޓީމުން އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

އޭގެ އިތުރުން އިލެކްޝަންސް ކޮމިޝަނަށް ރައީސް ޑރ. ވަހީދުގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް އެ ކޮމިޝަނުން ވަނީ ޝުކުރުއަދާކޮށްފަ އެވެ.

ފޯމް ހުށަޙެޅުއްވުމަށް ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ކޮންމެ ދަތުރެއްގައިވެސް ގާނޫނީ ގޮތުން ލިބިދޭން ޖެހޭ ހިމާޔަތާއި އިނާޔަތްތަކުގެ ބޭނުން ކުރައްވާނެ ކަމަށާއި އަދި ކޮންމެ ކެމްޕެއިން ދަތުރުތަކުގައިވެސް އެމަނިކުފާނަށް އެހީތެރިވެދޭނެ ބޭފުޅުން ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް އެމަނިކުފާނުގެ ކެމްޕެއިން ހަރަކާތުގައި ދާ މީހުންގެ ހަރަދުތައް ބަލަހައްޓާނީ ކެމްޕެއިން ޓީމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވަހީދު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިދާނެ ކަމުގެ ޔަގީކަން ވަރަށް ބޮޑު ކަމަށެވެ.

"އިރާދަކުރެއްވީތީ އަޅުގަނޑުމެންގެ ކުރާ ޔަގީންކަން ވަރަށް ބޮޑު. އަޅުގަނޑާއި ތަސްމީނާއި ވަރަށް ބޮޑު އުއްމީދެއްގެގައި މި ކުރިމަތީ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ކޮންމެ ދަތުރެއްގައި ވެސް ގާނޫނީ ގޮތުން ލިބިދޭން ޖެހޭ ހިމާޔަތާއި އިނާޔަތްތަކުގެ ބޭނުން ކުރައްވާނެ ކަމަށާއި އަދި ކޮންމެ ކެމްޕެއިން ދަތުރުތަކުގައި ވެސް އެމަނިކުފާނަށް އެހީތެރިވެދޭނެ ބޭފުޅުން ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް އެމަނިކުފާނުގެ ކެމްޕެއިން ހަރަކާތުގައިދާ މީހުންގެ ހަރަދުތައް ބަލަހައްޓާނީ ކެމްޕެއިން ޓީމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވަހީދު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިދާނެ ކަމުގެ ޔަގީކަން ވަރަށް ބޮޑު ކަމަށެވެ.

"އިރާދަކުރެއްވީތީ އަޅުގަނޑުމެންގެ ކުރާ ޔަގީންކަން ވަރަށް ބޮޑު. އަޅުގަނޑާއި ތަސްމީނާއި ވަރަށް ބޮޑު އުއްމީދެއްގެގައި މި ކުރިމަތިލީ،" އެމަނިކުފާނު ވިދާޅުވި އެވެ.


ރައީސް ކަމަށް ކުރިމަތިލާ ފަރާތުގެ ކެންޑިޑެންސީއާ މެދު އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމާނީ ފޯމް ފައިލް ކުރާތާ 48 ފަހުންނެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރައީސް ޑރ. ވަހީދުގެ އިތުރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކުރިމަތިލައްވާފަ އެވެ.