21 Jul 2013, 13:31
ރާއްޖޭގެ އިގުތިސާދީ ކަނޑުގެ ސަރަހައްދު (އީއީޒެޑް) އެމްއެންޑީއެފާ ގުޅިގެން ބެލެހެއްޓުމަށް އިންޑިއާގެ ކަނޑުގެ ސިފައިންގެ މަނަވަރެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މިއަދު ހެނދުނު ރާއްޖެ އައިސްފައިވާ އިންޑިއާގެ "އައިއެންއެފް ސުކަންޔާ" ނޭވީ ޝިޕް ރާއްޖޭގައި ހަރަކާތްތެރިވަމުން ގެންދާނީ މިމަހުގެ 23 އިން 26ގެ ނިޔަލަށް ކަމަށެވެ.
އެމްއެންޑީއެފާ ގުޅިގެން އެ ބޯޓުން ރާއްޖޭގެ އީއީޒެޑްގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަމުން ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވޭތުވެ ދިޔަ ތިން އަހަރު ވެސް އިންޑިއާގެ ސަރުކާރާއި އަޅުގަނޑުމެންނާ ގުޅިގެން ރާއްޖޭގައި ކަނޑުގެ ސަރަހައްދުގައި މެރިޓައިމް ޕެޓްރޯލް ކުރުމަށްޓަކައި ރާއްޖެ އަންނަ ޝިޕެއް،" އޮފިޝަލް ވިދާޅުވި އެވެ.
އިންޑިއާ ނޭވީ އާއި އެމްއެންޑީއެފާއި ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ދަށުން މިޝިޕް ވަނީ ރާއްޖެ ރާއްޖޭގައި ކޮންމެ މަހަކު އެއް ފަހަރު ހަރަކާތްތެރިވަމުން ގެންގޮސްފަ އެވެ.