21 Jul 2013, 12:38
ޖުމުލަ ހަތް ޓީމަކާއެކު އަލޯރާ ރަމަޟާން ކްރިކެޓް ކާނިވަލް އޮފީސް ޓޭޕް ބޯލް ކްރިކެޓް މުބާރާތް އަންނަ އަންގާރަ ދުވަހު ފެށުމަށް މިއަދު މުބާރާތުގެ ގުރުއަތުލުން ބާއްވައިފި އެވެ.
އަލޯރާ އޮފީސް ޓޭޕް ބޯލް ކްރިކެޓް މުބާރާތުގެ ގުރުއަތުލުން ބާއްވާފައިވަނީ އިއްޔެ ހަވީރު ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގަ އެވެ. މިފަހަރު އެ މުބާރާތުގައި ބައިވެރިވެފައިވަނީ ސިފައިންގެ ރިކްރިއޭސަން ކްލަބާ، ކަސްޓަމްސް ރިކްރިއޭސަން ކްލަބާއި، ޕޮލިސް ކްލަބާއި، އެމްއެމްއޭ، އިމިގްރޭޝަން، ޔޫތް މިނިސްޓްރީ، އަދި އެޑިއުކޭސަން މިނިސްޓްރީ އެވެ.
ދެގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ މުބާރާތް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 24 އިން 30ގެ ނިޔަލަށެވެ.
އޮފީސް މުބާރާތުގައި ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އިމިގްރޭޝަންޓީމާއި ޕޮލިސް ކްލަބްގެ ޓީމެވެ. އަދި ދެވަނަ މެޗްގައި ބައްދަލުކުރާނީ އެޑިއުކޭސަން މިނިސްޓްރީއާއި ޔޫތް މިނިސްޓްރީ އެވެ.
އިއްޔެ ހަވީރު ކްރިކެޓް ބޯޑުން، 31 ވަނަ ލިމިޑެޓް އޯވަރު ކްރިކެޓް މުބާރާތުގެ ޗެމްޕިއަން ޓީމަށާއި މަގާމް ތަކަށް ހޮވުނު ފަރާތްތަކަށް އިނާމް ދިނުމުގެ ރަސްމިއްޔާތުވެސް ކުރިއަށްދިޔަ އެވެ. އެ މުބާރާތުގެ ޗެމްޕިއަން ޓީމަކީ މާލޭ ސްޕޯޓްސް ކްލަބެވެ.
31 ވަނަ ލިމިޑެޓް އޯވަރު ކްރިކެޓް މުބާރާތުގެ އޯލްރައުންޑަރަކަށް އަދި އެންމެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވިފައިވަނީ މާލޭ ސްޕޯޓްސް ކްލަބްގެ ސަފްރާޒް ޖަލީލް އެވެ. އެންމެ މޮޅު އުކުންތެރިއަކަށް އަދި ހޮވުންތެރިއަކަށް ހޮވިފައިވަނީ މާލޭ ސްޕޯޓްސް ކްލަބްގެ މުހަންމަދު މަހަފޫޒް އެވެ.