21 Jul 2013, 11:53
ޗައިނާގެ ބެއިޖިންގް އިންޓަނޭޝަނަލް އެއާޕޯޓުގައި އިއްޔެގެ ވަގުތެއްގައި ބޮމެއް ގޮއްވާލާފައިވާ ކަމަށް ޗައިނާގެ ސްޓޭޓް މީޑިއާއިން ބުނެފި އެވެ.
ޗައިނާގެ ޒިންހުއާ ނިއުސް އެޖެންސީއިން ބުނީ ޗައިނާގެ ރައްޔިތަކު ބޮމެއް ގޮއްވާލާފައި ވަނީ ބެއިޖިންގް އިންޓަނޭޝަނަލްގެ ޓާމިނަލް ތިނެއް ގެ ބޭރުގައި ކަމަށެވެ.
މިމަންޒަރު ދުށް މީހަކު ބުނީ ބޮން ގޮވިއިރު ގަދަ އަޑުފަ-ށް ގަނޑެއް އިވުނު ކަމަށާއި އޭގެ ފަހުން އިތުރު ބޮމެއް ނުގޮވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބޮން ގޮއްވާލާފައި ވަނީ ފުރޮޅުލީ ގޮޑިއެއްގައި އިން ޗައިނާގެ ރައްޔިތެކެވެ.
ޒިންހުއާ އިން ބުނީ ބޮން ގޮއްވާލި މީހާ އަށް މިހާދިސާގައި އަނިޔާވި ކަމަށާއި އޭނާ އަށް މިހާރު ބެއިޖިންގް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ. އެހެން އެއްވެސް މީހަކަށް މިހާދިސާގައި އަނިޔާވެފައި ނުވާ ކަމަށާއި އިތުރު ގެއްލުމެއް ލިބިފައިނުވާ ކަމަށް ޒިންހުއާއިން ބުނެ އެވެ.