އައްޑޫ ސިޓީގެ ހިތަދޫގައި އެކްސިޑެންޓެއް ހިނގައި މީހެއްގެ ފައިބިނދިއްޖެ އެވެ.

ފުލުހުން ބުނީ ރޭ 12:00 އެހާކަންހާ އިރު ހިނގި އެކްސިޑެންޓްގައި 47 އަހަރުގެ މީހެއްގެ ފައިބިންދައިގެން ގޮސްފައިވާ ކަމަށެވެ. އަދި އޭނާގެ ފަހަތުގައި އިން 15 އަހަރުގެ ދަރިފުޅަށް ވެސް އެކި ވަރުގެ ހާނިއްކަ ވެފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގި ސަރަހައްދުގައި ގިނަ އަނދަދެއްގެ ލޭ ހުރި އިރު، ފައިބިންދައިގެން ދިޔަ މީހާގެ ކަށިގަނޑު ވެސް އޮތީ ބޭރަށް ނުކުމެފަ އެވެ.

ފުލުހުން ބުނީ ކޮންވެންޝަން ސެންޓަރު ކައިރީ އެ އެކްސިޑެންޓް ހިނގީ މަރަދޫ އާ ވީކޮޅުން މަރަދޫން ހިތަދޫ އަށް ސައިކަލު ދުއްވާފައިދަނިކޮށް ހިތަދޫ ބޮޑުމަގުގެ ކަނާތްފަރާތުގައި ހުރި ސިމެންތި ޕޮޓެއްގައި ޖެހިގެން ކަމަށެވެ.

މީގެ ކުރިން ވެސް ވަނީ އެ ސަރަހައްދުގައި ހުރި ސިމެންތި ޕޮޓެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފަ އެވެ.