ފުރަތަމަ އިންޓަ އޮފީސް ބިލިއާޑް ޗެމްޕިއަންޝިޕްގައި ރޭ ކުޅުނު މެޗްތައް ދިރާގާއި ޓީއެމްއޭ އަދި ބީއެމްއެލް އިން ކާމިޔާބުކޮށްފި އެވެ.

މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗް ދިރާގުން ކާމިޔާބު ކުރީ ސްޓެލްކޯ އާއި ބައްދަލުކޮށް 2-1 އިންނެވެ. ދެ ވަނަ މެޗް ޓީއެމްއޭ އިން ކާމިޔާބު ކުރީ އެމްޕީއެލްއާ ބައްދަލުކޮށް 2-1 އިންނެވެ. އަދި ރޭ ކުޅެން އޮތް ތިން ވަނަ މެޗުގައި ބައްދަލުކުރުމަށް ހަމަޖެހިފައި އޮތީ ވަތަނިއްޔާ އާއި އެސްޓީއޯ އެވެ. އެކަމަކު އެމެޗް ވަނީ ކެންސަލްކޮށްފަ އެވެ. އެއީ މުބާރާތުން އެ ދެ ޓީމް ވަކިވެފައި ވާތީ އެވެ.

ރޭ ކުޅުނު ފަހު މެޗުގައި ބައްދަލުކުރީ ކަސްޓަމަސް އާއި ބީއެމްއެލް އެވެ. މެޗް 2-1 އިން ކާމިޔާބު ކުރީ ބީއެމްއެލް އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މުބާރާތުގެ ގްރޫޕް އޭ ފަޅިން އެއް ވަނަ ޓީމުގެ ގޮތުގައި ހަ ޕޮއިންޓާ އެކު އޮތީ ސްޓެލްކޯ އެވެ. އަދި ހަމަ އެ އަދަދަށް ޕޮއިންޓު ހޯދައިގެ ން ގްރޫޕްގެ ދެ ވަނަ މަގާމްގައި އޮތީ ދިރާގެވެ. ތިން ވަނާގައި ތިން ޕޮއިންޓާ އެކު އޮތީ އެމްބީސީ އެވެ.

ގްރޫޕް ދޭއްގެ އެއް ވަނަ ޓީމުގެ ގޮތުގައި އެމްއެންޑީއެފް އޮތް އިރު އެޓީމަށް ވެސް ލިބިފައި ވަނީ ހަ ޕޮއިންޓެވެ. އަދި ގްރޫޕްގެ ދެ ވަނަ މާގާމްގައި އޮތް ބީއެމްއެލް އާއި ތިން ވަނަ މަގާމްގައި އޮތް ޓީއެމްއޭ އަށް ވެސް ލިބިފައި ވަނީ ހަ ޕޮއިންޓެވެ.

ޖުމްލަ 10 އޮފީސް ބައިވެރިވެފައިވާ އެ މުބާރާތުގައި ކޮންމެ އޮފީހަކުން ފަސް ކުޅުންތެރިން ބައިވެރިވެފައިވާ އިރު މުބާރާތުގެ ކުޅުން ކުރިއަށް ގެންދަނީ، އިންޑިވިޖުއަލް އަދި ޓީމް އިވެންޓް ވެސް ހިމެނޭ ގޮތަށެވެ.

މުބާރަތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 24 ވަނަ ދުވަހު އެވެ. އަދި މުބާރާތުގެ ކުޅުން ކުރިއަށް ގެންދާނީ، އެމްބީޕީއޭގެ ކްލަބް ހައުސްގައި ކޮންމެ ރެއެއްގެ 9:30ން ފެށިގެންނެވެ.