ކަސްޓަމްސް ރެކްރިއޭޝަން ކްލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ 14 ވަނަ "ސީއާރުސީ ކަޕް"ގެ ކުއާޓާ ފައިނަލުން ޓީމުތައް ޖާގަ ހޯދައިފި އެވެ.

ރާއްޖޭގައި ބޭއްވޭ އެންމެ ދުވަސްވީ އެއް ފުޓްސަލް މުބާރާތުގެ ކްއާޓާ ފައިނަލުން ޖާގަ ހޯދާފައިވަނީ، ގްރޫޕް އެކަކުން އެމްޓީ ޔުނައިޓެޑްއާއި، ސޮސް ޖޫނިއާސް، ގްރޫޕް ދޭކުން ޓީމް ފައިނޭންސާއި ސަރުޖަން، ގްރޫޕް ތިނަކުން ޕެސެންޖާ ޕްރޮސެސިން ޓީމާއި އެއާ ކާގޯ އަދި ގްރޫޕް ހަތަރަކުން ޓީމް ސޮސްއާއި ޓީމް 007 އެވެ.

މިމަހުގެ ދެ ވަނަ ދުވަހު ފެށި އެ މުބާރާތުގެ ކުއާޓާ ފައިނަލްގެ މެޗުތައް ފަށާފައިވަނީ މިއަދު ހަވީރު އެވެ. އަދި ސެމީ ފައިނަލްގެ މެޗުތައް މިމަހުގެ 23ގައި ކުޅެން ހަމަޖެހިފައިވާއިރު މުބާރާތުގެ ފައިނަލް މެޗް ކުޅޭނީ 25 ވަނަ ދުވަހު ހަވީރު އެވެ.

ސީއާރުސީ ކަޕް 14ގެ މެޗުތަށް ކުރިއަށް ގެންދަނީ، މާފަންނު ސްޓޭޑިއަމްގައި ވިލީ ފުލުސް ކުރިމަތީގައި އޮންނަ ވެލި ދަނޑުގަ އެވެ.