20 Jul 2013, 14:13
ޓެކްސަސް 19 ޖުލައި-- އެންމެ އުސް ރޯލާ ކޯސްޓާ އިން ވެއްޓި އެމެރިކާގެ ޓެކްސަސްގައި އިއްޔެ މީހަކު މަރުވެއްޖެ އެވެ.
އޭޕީން ބުނީ އެ ހާދިސާ ހިނގީ އިއްޔެ ހަވީރު 6:30 އެހާކަންހާއިރު ކަމަށާއި އަދި އެ މީހާ މަރުވީ ރޯލާ ކޯސްޓާ ދުއްވަނިކޮށް ކަމަށް ޕާކްގެ ތަރުޖަމާނު ވެސް ކަށަވަރުކޮށްދިން ކަމަށެވެ. އެކަމަކު އޭނާ މަރުވަން ދިމާވި ގޮތް އޭނާ ކިޔައެއް ނުދިނެވެ. އެހެން ނަމަވެސް މަންޒަރުދުށް މީހަކު ބުނީ އެ މީހާ މަރުވީ ރޯލާ ކޯސްޓާ އިން ވެއްޓިގެން ކަމަށެވެ.
"އެ މައްޗަށް ގޮސްފައި ތިރިއަށް އައި ވަގުތު ސޭފްޓީ ބާ ދޫވެ އޭނާ ވެއްޓުނީ،" ރޯލާ ކޯސްޓާއަށް އެރުމަށް ކިޔޫގައި ހުރި މީހަކު ބުންޏެވެ.
އެ ހާދިސާ އަށް ފަހު ޕާކްގެ އެ އޭރިޔާ ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.
ޓެކްސްސްގައި ހުންނަ ޖަޔަންޓް ރޯލާ ކޯސްޓާ 14 ބުރީގެ އިމާރާތަކާ ހަމަށް މައްޗަށް އަރަ އެވެ. އަދި ތިރި އަށް އަންނަ އިރު 79 ޑިގްރީ އަށް ތިރިއަށް އާދެ އެވެ. އެ 24 ދުއްވުން ދުއްވަ އެވެ.