20 Jul 2013, 12:29
ކަރުގައި އުފެދުނު ކެންސަރުގެ ޓިއުމަރަކަށް ފަރުވާ ހޯދަމުން އަންނަ ބާސެލޯނާގެ ކޯޗު ޓިޓޯ ވިލަނޮވާ އެ ކްލަބުގެ ކޯޗުކަމުން ވަކިވެއްޖެ އެވެ.
ވިލަނޮވާ ބާސާގެ ކޯޗް ކަމުގެ މަގާމުން ވަކިވީ އޭނާއަށް ކުރިމަތިވެފައިވާ ކެންސަރުގެ ފަރުވާއަށް އިތުރު ފަރުވާ ހޯދުމަށް ކަމަށް އޭނާ ކުރި ޓްވިޓާއެއްގައި ވެސް ބުނެފައިވެ އެވެ.
ބާސާގެ ހެޑް ކޯޗްކަމާ ވިލަނޮވާ ހަވާލުވީ މިދިޔަ އަހަރުގެ ޖޫން މަހު، ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިސްތިއުފާ ދިނުމުންނެވެ. އަދި ވިލަނޮވާ ކުރިން މަސައްކަތް ކުރީ ގާޑިއޯލާގެ އެސިސްޓެންޓެއްގެ ގޮތުގަ އެވެ.
ބާސެލޯނާގެ ރައީސް ސެންޑުރޯ ރޮސެލް ވިދާޅުވީ، އުމުރުން 44 އަހަރުގެ ވިލަނޮވާ އަކީ މޮޅު ކޯޗެއް ކަމަށާއި އެހެން ނަމަވެސް އޭނާގެ ބަލިހާލަތު ހުރި ގޮތުން ޓީމުގައި ހުރުމަށް ވުރެ ރަނގަޅު ގޮތް އޭނާ މިހާޜު އިހްތިޔާރު ކޮށްފި ކަމަށެވެ.
"ވިލަނޮވާ އަކީ އަހުލާގީ ގޮތުން ވެސް ރަނގަޅު މޮޅު ކޯޗެއް. އޭނާ ކުލަބުގެ ކޯޗް ކަމުން އިސްތިއުފާދިނި އޭނަގެ ބަލިހާލަތު ހުރި ގޮތުން. އޭނަ ވަނީ ކެންސަރުގެ ބައްޔައް ފަރުވާ ހޯދުމަށް ދަތރު ހަދާފައި. އޭނަގެ ބައްޔައް ބާސާއިން އެހީވާނެ،" ރޮސެލް ބުންޏެވެ.
ރޮސެލް ބުނީ ވިލަނޮވާ ކޯޗް ކަމުން އިސްތިއުފާ ދިނުމުން ކުލަބުން މިހާޜު މަސައްކަތް ކުރަނީ ކުލަބަށް ކޯޗަކު ހަމަޖެއްސުން ކަމަށެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބާސާގެ ކޯޗް ކަމަށް ހަމަޖެއްސަން އެކުލަބުން ނިންމާފައި ވަނީ ހުސްވި މަހު އެ ކްލަބާ ގުޅުނު އެސިސްޓެންޓް ކޯޗު ޔޮއާން ފްރެންސެސް އެވެ. އަދި މިހަފުތާގެ ތެރޭގައި ކޯޗަކު ހަމަޖއްސާނެ ކަމަށް ވެސް ބާސާއިން ބުނެފައި ވާކަމަށް ރިޕޯޓްތައް ބުނެ އެވެ.