20 Jul 2013, 12:17
މާރާމާރީ ހިންގި މައްސަލައެއްގެ ތުހުމަތުގައި ޕީޕީއެމްގެ ކައުންސިލް މެންބަރު އަހްމަދު ސަލީމް (މާޒް ސަލީމް) ގެ ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން އޭނާ ދޫކޮށްލި މައްސަލަ އިސްތިއުނާފު ކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ހައިކޯޓުގެ އޮފިޝަލަކު ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިސްތިއުނާފު ކޮށްފައިވާ އެ މައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވަން ތާވަލް ކޮށްފައިވާކަމަށެވެ.
މާޒް ސަލީމްގެ އައިޕެޑު ވަގަށް ނަގާފައިވާތީ އެކަމާ ހިތްހަމަ ނުޖެހިގެން ހުޅުލެ އާއި މާލެއާ ދެމެދު ދުއްވާ ފެރީއަކަށް އަރައި އެ ފެރީގައި ތިބި މީހުންނާ މެދު އޭނާ މާރާމާރީ ހިންގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ މާޒް ސަލީމާ އެކު އެ މާރާމާރީގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފައިވާ ކަމަށެވެ.