ކުރިކެޓް ބޯޑުން އިންތިޒާމްކޮށްގެން ބޭއްވި އަލޯރާ ރަމަޟާން ކްރިކެޓް ކާނިވަލް އޯޕަން ޓޭޕް ބޯލް ކްރިކެޓް މުބާރާތުގެ އިއްޔެ ކުޅުނު މެޗްތައް އެންކާ ލިލީގެ ޓީމުންނާއި މިލާނޯގެ ޓީމުން ކާމިޔާބު ކޮށްފި އެވެ.

އިއްޔެގެ ފުރަތަމަ މެޗް ލެޒާކާގޯއައި ބައްދަލުކޮށް އަށް ވިކެޓުން ކާމިޔާބުކުރީ އެންކަ ލިލީ އެވެ. ލެޒާކާގޯ ކުޅެންއަރާ އަށް އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން 52 ލަނޑުހެދި އެވެ. ޖަވާބުގައި އެންކާ ލިލީ ކުޅެންއަރާ 3.3 އޯވަރުގެތެރޭގައި އެއްވެސް ކުޅުންތެރިއެއް ނުބައިވެގެން 56 ލަނޑު ހެދި އެވެ. މިމެޗްގައި އެންމެ ރަނގަޅަށް އުކީ 14 ލަނޑަށް ތިން ވިކެޓްނެގި އަހްމަދު ހަސަން އެވެ. އެންމެ ރަގަޅަށް ކުޅުނީ 20 ލަނޑުހެދި އިސްމާއިލް ސަޔާލް އެވެ.

އިއްޔެ ދެވަނަ މެޗް ޑޭމް ސްޓައިލް އާއި ބައްދަލުކޮށް އަށް ވިކެޓުން ކާމިޔާބުކުރީ މިލާނޯ އެވެ. ޑޭމް ސްޓައިލް ކުޅެންއަރާ ހަތަރު ކުޅުންތެރިން ނުބައިވެގެން އަށް އޯވަރުގެތޭގައި 80 ލަނޑުހެދި އެވެ. ޖަވާބުގައި މިލާނޯ ކުޅެންއަރާ 7.3 އޯވަރުގެތެރޭގައި އެއް ވެސްކުޅުންތެރިއެއް ނުބައިނުވެ 83 ލަނޑުހެދި އެވެ. އެންމެ ރަގަޅަށް މެޗުގައި އުކީ 21 ލަނޑަށް ދެ ވިކެޓް ނެގި ސައްމޫން އެވެ. އެންމެ ރަގަޅަށް ކުޅުނީ 20 ލަނޑު ހެދި އިސްމާއިލް ނަޒުވާން އެވެ.

މުބާރާތުގެ ދެމެޗް މިއަދުވެސް ކުޅޭނެ އެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ބްރޫޗްއާއި އޮކްސިލަސް އެވެ. އަދި ދެވަނަ މެޗްގައި ބައްދަލުކުރާނީ ހޮބީސްޓައާއި ސީބީއެލް ސްޕިންކްސް އެވެ. ކުޅުން ފެށޭނީ 16:10ގަ އެވެ. ކުޅުން ކުރިއަށް ދާނީ ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގަ އެވެ.