19 Jul 2013, 21:45
އައްޑޫ ސިޓީން : މުރުޝިދު އަބްދުލް ހަކީމް
ކުރިއަށް ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އައްޑޫ ސިޓީ އަށް މިއަދު ވަޑައިގެންފި އެވެ.
ޑރ. ވަހީދު އައްޑޫ ސިޓީ ހިތަދޫގައި މިރޭ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އަދި އެ ޖަލްސާގައި އެމަނިކުފާނުގެ އިގްތިސާދީ ސިޔާސަތު އިފްތިތާހް ކުރުމަށް ހަމަ ޖެހިފައިވެ އެވެ. ހަމަ އެހެންމެ ރައީސް ވަހީދު އައްޑޫގެ ބައެއް ގޭގެ އަށް ވެސް ޒިޔާރަތްކުރައްވަން ވަނީ ހަމަޖެހިފަ އެވެ. ރައީސް ވަހީދު އަރިހުގައި އެމަނިކުފާނުގެ ރަނިންމޭޓް އަހްމަދު ތަސްމީން އަލީ ބައިވެރިވެވަޑައިގަންނަވަ އެވެ.
ރައީސް ޑރ. ވަހީދަށް ތާއިދު ހޯދެއްވުމަށް އެމަނިކުފާނުގެ އަނބިކަނބަލަކުން އިލްހާމް ހުސައިން އާއި ތަސްމީންގެ އަނބިކަނބަލުން ވިސާމް އަލީ ވަނީ އައްޑޫ ސިޓީ އަށް އިއްޔެ ވަޑައިގެން މަރަދޫ ފޭދޫގައި ބައެއް މީހުންނާ ބައްދަލުކުރައްވައި ރައީސް ވަހީދުގެ ސިޔާސާތުތަކުގެ މައުލޫމާތު ހިއްސާކުރައްވާފަ އެވެ. އަދި އަދި މީދޫގައި ވަނީ ހާއްސަ ތަރާވީހެއް ބާއްވާފަ އެވެ.