މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ތިން ކެންޑިޑޭޓެއްގެ މަންދޫބުންގެ ގޮތުގައި ބޭފުޅުން ކަނޑައަޅުއްވައިފި އެވެ.

އެގޮތުން އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ، ރައީސް މުހަންމަދުގެ އެޖެންޓަކަށް ހަމަޖެއްސެވީ އެމަނިކުފާނުގެ ޕޮލިޓިކަލް އެޑްވައިޒަރު މުހަންމަދު ތައުފީގު (ޓޯޕީ) އެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ އެޖެންޓަކަށް ހަމަޖެއްސެވީ ގައުމީ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ފަހުން ޕީޕީއެމްއާ ގުޅިވަޑައިގެންނެވި އަބްދުﷲ އަމީން އެވެ. ކުރީގެ ރައީސް ނަޝީދުގެ އެޖެންޓަކަށް ހަމަޖެއްސެވީ ކުރީގެ ޔޫތު މިނިސްޓަރު ހަސަން ލަތީފެވެ.

އެ ތިން ބޭފުޅުން ވެސް ސަން އަށް އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ.

މިހާތަނަށް އެޖެންޓަކު ކަނޑަނާޅަނީ ޖުމްހޫރީ ޕާޓީން ނާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ޑރ. މުހައްމަދު ސައުދުގެ ފަރާތުންނެވެ.