17 Jul 2013, 12:43
ކްރިކެޓް ބޯޑުން އިންތިޒާމް ކޮށްގެން ބާއްވާ އަލޯރާ ރަމަޟާން ކްރިކެޓް ކާނިވަލް އޯޕަން ޓޭޕް ބޯލް ކުރިކެޓް މުބާރާތުގައި އިއްޔެ ކުޅުނު މެޗްތަކުން ހޮބީސްޓާއި ޓީޖީއައި މޮޅުވެޖެ އެވެ.
ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ސެންޓް ސްޕޯޓްސް ކްލަބް އަތުން ހޮބީސްޓް މޮޅުވީ 153 ލަނޑުންނެއެވެ.
އެ މެޗުގައި ހޮބީސްޓް ކުޅެންއަރައި އަށް އޯވަރުގެތެރޭގައި އެންމެ ކުޅުންތެރިއެއް ނުބައިވެގެން 180 ލަނޑުހެދި އެވެ. ޖަވާބުގައި ސެންޓް ސްޕޯޓްސް ކުޅެންއަރައި 8 އޯވަރުގެތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 27 ހެދުނީ އެންމެ ލަނޑެވެ. އެ މެޗްގައި އެންމެ ރަގަޅަށް އުކީ ދެ ލަނޑަށް ދެ ވިކެޓްނެގި މުސްތާގް އަހްމަދު އެވެ. އެންމެ ރަގަޅަށް ކުޅުނީ 34 ލަނޑުހެދި މުހަންމަދު އާމިރުއާއި 32 ލަނޑުހެދި މަހުމޫދު ރިޔާޒު އެވެ.
އިއްޔެގެ ދެވަނަ މެޗް ބްރޫޗްއާއި ބައްދަލުކޮށް ޓީޖީއައި ކާމިޔާބުކުރީ 40 ލަނޑުން ނެވެ. ޓީޖީއައި ކުޅުންއަރާ އަށް އޯވަރުގެތޭގައި ދެ ކުޅުންތެރިން ނުބައިވެގެން 104 ލަނޑުހެދި އެވެ. ޖަވާބުގައި ބްރޫޗް ކުޅެންއަރާ އަށް އޯވަރުގެތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 64 ލަނޑެވެ. އެ މެޗުގައި އެންމެ ރަގަޅަށް އުކީ ނުވަ ލަނޑަށް ދެ ވިކެޓް ނެގި ހަސަން ހަލީމް އެވެ. އެންމެ ރަގަޅަށް ކުޅުނީ 20 ލަނޑުހެދި އަހްމަދު އާމިރު އެވެ.
އެ މުބާރާތުގައި މިއަދުވެސް ދެމެޗު ކުޅޭން ހަމަޖެހިފައިވެ އެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ މާލޭ ސްޕޯޓްސް ކްލަބާއި މިލާނޯ އެވެ. އަދި ދެވަނަ މެޗްގައި ބައްދަލުކުރާނީ ނެލިވަރު ކްރިކެޓާސްއާއި އެންކާ ލިލީ އެވެ.