16 Jul 2013, 22:58
ފުވައްމުލަކު ޒުވާނެއްގެ ގަޔަށް މިރޭ ވަޅިއަކުން ހަމަލާދީފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ދޫޑިގަމުން ސައިކަލެއްގައި ދިޔަ ޒުވާނަކަށް މިރޭ ވަޅިން ހަމަލާދީފި އެވެ.
ނަމަވެސް ފުލުހުން ބުނީ އެ ހާދިސާގައި އެ ޒުވާނާއާ މާ ބޮޑު އަނިޔާއެއް ނުވާ ކަމަށެވެ. އެ ހާދިސާ ހިނގާފައި ވަނީ ދެ ޒުވާނަކު ޖިމް ނިންމާފައި ސައިކަލްގައި ދަނިކޮށް ފަހަތު ހަމަލާދީގެން ކަމަށް މަސްދަރުތައް ބުނެ އެވެ.
ފުލުހުން ބުނި ގޮތުގައި މިރޭ 21:30 ހާކަންހާއިރު ހިނގި ހާދިސާއާ ގުޅިގެން އުމުރުން 18 އަހަރު ނުވާ ކުއްޖަކާއި 18 އަހަރުގެ ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މި އަހަރުގެ ރޯދަ މަހަށް މާހެފުމަށް ބޭއްވި ބައްދަލުވުމަކަށް ފަހު، ސަން އަށް އެނގިފައިވާ ގޮތުގައި، އެ ރަށު ހޯދަޑު އަވަށާއި ދޫނޑިގަމް އަވަށުގެ ޒުވާނުންގެ ދެމެދުގައި އަންނަނީ ހިސާބެއްގެ "ހޫނުކަމެއް" ބަރުދާސް ކުރަމުންނެވެ. ނަމަވެސް މިރޭގެ ހާދިސާއަކީ އެ ދެ އަވަށުގެ ދެމެދުގައި ހިނގި ކަމެއް ކަމެއް ނޭނގެ އެވެ. ފުލުހުން ބުނީ ފުލުހުން އަންނީ އެ މައްސަލަ އިތުރަށް ބަލަމުން ކަމަށެވެ.