ލ. ގަން ތުނޑި ވުޑްލޭންޑް އަހްމަދު ނިޒާރު، 31، މަރާލި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 2:23 އެހާކަންހާއިރު ނިޒާރު މަރާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި 21 އަހަރުގެ މީހާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައި ވަނީ މިއަދު ލ. ގަމު މެޖިސްޓްރޭޓް ކޯޓުން ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އެ މީހާގެ އިތުރުން އެ މައްސަލައާ ގުޅިގެން އިތުރު މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާކަމަށާއި އެ މައްސަލައިގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

އެ ހާދިސާ ހިނގާފައި ވަނީ ހަތަރު މީހަކު ސައިކަލުގައި ކައްދުއަށް ގޮސް ކައްދޫ ޕޯސްޓުގައި އޮތް ޖާޒީބައެއް ނަގައިގެން ގަމަށް ދަނިކޮށް ގަމު މުކުރިމަގު އަވަށުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭނާ އަށް ހަމަލާދިން ދަގަނޑު ބުރިތަކާއި ލަކުޑި ބުރިތައް ވެސް ހާދިސާ ހިނގި ސަރަހައްދުން ވަނީ ފެނިފަ އެވެ.