16 Jul 2013, 21:32
ރިލެކްސްއިން ހޮޓަލުން އެއްލައްކަ އަށް ވުރެ ގިނަ ޑޮލަރު ވަގަށް ނަގައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު މެންދުރު 1:30 އެހައިކަންހާއިރު ކަމަށާއި ނަމަވެސް އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ ރިލެކްސް އިން ހޮޓަލްގެ ތިޖޫރިން ވަގަށް ނަގާފައި ވަނީ ޖުމްލަ 122،000 ޑޮލަރު (1.88 މިލިއަން ރުފިޔާ) ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ ފައިސާތައް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.