ދިއްލީ- ބަނގުލާދޭޝް މިނިވަންކަން ހޯދުމަށް 1971 ވަނަ އަހަރު ކުރި ހަނގުރާމާގައި ޖަރީމާ ހިންގި ކަމުގެ ކުށް އެ ގައުމުގެ ކުރީގެ އިސްލާމިކް ޕާޓީގެ ލީޑަރު ގުލްމާ އާޒާމްގެ،91،ގެ މައްޗަށް ސާބިތުވެ 90 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

ޖަމާއަތު އިސްލާމީ ޕާޓީގެ ލީޑަރު ގުލާމްގެ މައްޗަށް އުފުލި ފަސް ދައުވާ ވެސް ވަނީ އޭނާގެ މައްޗަށް ސާބިތުވެފަ އެވެ. އޭގެ ތެރޭގައި ހަނގުރާމައިގެ ތެރޭގައި މީހުން މެރުމާއި ރޭޕްކުރުން ފަދަ ކަން ވަނީ އޭނާގެ މައްޗަށް ސާބިތުވެފަ އެވެ.
މި އަހަރުގެ ޖެނުއަރީ މަހު 12 ވަނަ ދުވަހު ހައްޔަރުކުރި ގުލާމަކީ 1971 ވަނަ އަހަރުގެ ހަނގުރާމާގައި ޖަރީމާ ހިންގި ކަމުގެ ކުށް ސާބިތުވި ތިން ވަނަ އިސްލާމީ ލީޑަރެވެ.