"ގެއްލިގެން" އާއިލާ އިން ފުލުހުންނަށް ރިޕޯޓް ކުރި 16 އަހަރުގެ އަންހެން ކުއްޖާ އަމިއްލަ އަށް ފުލުހަށް ގޮސް ރިޕޯޓްކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ތ. ބުރުނި، ހުސައިނީއާބާދު، ފާތިމަތު ޖުމާނާ، 16، މިއަދު ހަވީރު ފުލުހަށް ގޮސް ރިޕޯޓް ކުރީ އަމިއްލަ އަށް ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ޖުމާނާ "ގެއްލިގެން" ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެ 4:10ގައި ކަމަށް ފުލުހުން ބުންޏެވެ.