އެމްޑީޕީ ހަރުގެއްގެ ތެރޭ ހުރި ސަތަރިތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހެއްގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި އެވެ.

ސަތަރިތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދައުވާ ކުރަން ފޮނުވާފައި ވަނީ ގ. ޝާރާޒް، އަހުމަދު އަރީބް 22، މައްޗަށާއި ގ.ޑޯލްފިންހައުސް އުތުރުބައި، ހުސައިން ޖާވިދު 22،ގެ މައްޗަށެވެ.

ފުލުހުން ބުނީ އެ ދެ މީހުންގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އަށް ފޮނުވާފައި ވަނީ 2012 އޮކްޓޫބަރު 28 ވަނަ ދުވަހުގެ 10:25 ހާއިރު އެމްޑީޕީ އިން އަމީނީމަގުގައި ހިންގަމުންދިޔަ އެ ޕާޓީގެ ހަރުގެތެރޭގައި ބަހައްޓާފައި ހުރި ސަތަރިތަކެއް ވަގަށް ގެންގޮސްފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

އެ މައްަލައިގެ ތަހުގީގު ނިންމާ ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައި ވަނީ ޖޫން 30 ވަނަ ދުވަހު އެވެ.