15 Jul 2013, 14:28
ދައުލަތުގެ ބަންޑާރަ ނައިބު ކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވާ އައިޝަތު އާޒިމާ ޝުކޫރަށް ރައްޔިތުން މަޖިލީހުން ރުހުން ދިނުމާ ގުޅޭ ގޮތުން ގޮތެއް ނިންމައިދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅަހަޅައިފި އެވެ.
ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ސަރުކާރުގެ އެންމެ ބަންޑާރަ ނައިބަކީ އާޒިމާ އެވެ. ނަމަވެސް އާޒިމާ އެދިވަޑައިގަތުމުން ޖެންޑާ، ފެމެލީ އެންޑް ހިއުމަން ރައިޓްސް މިނިސްޓަރު ކަމުގެ މަގާމު ރައީސް ވަނީ އޭނާ އަށް ދެއްވައިފަ އެވެ.
ދެ ވަނަ ފަހަރަށް ބަންޑާރަ ނައިބު ކަމުގެ މަގާމަށް އާޒިމާ އައްޔަން ކުރެއްވީ ޖެންޑާ، ފެމެލީ އެންޑް ހިއުމަން ރައިޓްސް މިނިސްޓަރު ކަމަށް އާޒިމާ އައްޔަން ކުރަން ނުފެންނަ ކަމަށް މަޖިލީހުން ފާސްކުރުމުންނެވެ.
އާޒިމާ އަށް ރުހުންދިނުމާ ގުޅޭ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ސަރުކާރުގެ މައްސޫލިއްޔަތު އާދާކުރާ މިންވަރުބަލާ ކޮމެޓީ އަށް މިއަދު ވަނީ ފޮނުވާފަ އެވެ.
ޖެންޑާ އެންޑް ފެމެލީ މިނިސްޓަރުކަން އެޑިޔުކޭޝަން މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. އާމާލު އަލީ އައްޔަން ކުރައްވާފައިވާ އިރު އޭނާ އަށް ރުހުން ދިނުމަށް ފެނޭތޯ ބެލުމަށް މަޖިލީހަށް އަދި ހުށައެއްނާޅަ އެވެ.