ހިތަދޫ ޕޮލިސް ސްޓޭޝަންގެ ތިބި ކުށްވެރިންނަށް ގާޑިޔަލެއްގައި ކާއެއްޗެއްހި ގެންދަނިކޮށް ހިނގި އެކްސިޑެންޓެއްގައި ބިދޭސީއެއްގެ ފައި ބިނދިއްޖެ އެވެ.

ފުލުހުން ބުނީ ލިންކްރޯޑުގައި ރޭ ހިނގި އެކްސިޑެންޓްގައި ޒަޚަމްވި ބިދޭސީ މީހާ އަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

އަދި އެ އެކްސިޑެންޓް ހިނގީ ބާރުސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ގާޑިޔަލުގައި ޖެހި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަމަވެސް އެ ހާދިސާގައި ބިދޭސީ މީހާގެ ފައިބިނދުން ފިޔަވައި އިތުރު ބަޔަކަށް އެ ހާދިސާގައި އަނިޔާވި ކަމެއް އެނގިފައެއްނުވެ އެވެ.

އެކަމާ ގުޅިގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ބަހެއް ވެސް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.