ސޯޅަ އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުން އެބަދެ އެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ތ. ބުރުނި، ހުސައިނީއާބާދު، ފާތިމަތު ޖުމާނާ، 16، އެވެ.

ޖުމާނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެ 4:10ގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޖުމާނާ އެންމެ ފަހުން ފެނިފައި ވަނީ ހޮނިހިރު ދުވަހުގެ 12:45 އެހާކަންހާއިރު މާލޭގައި ހުންނަ އޭނާގެ ރައްޓެއްސެއް ދިރިއުޅޭ ގެއިން ކަމަށް އާއިލާ އިން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އޭނާ އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ކަޅުކުލައިގެ ޓޮޕަކާއި ޖިންސެއް ކަމަށް ޖުމާނާގެ އާއިލާ އިން ބުނެފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ޖުމާނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ލަސްނުކޮށް އެކަން ފުލުހުންނަށް ރިޕޯޓު ކުރުމަށް އެދިފަ ވެއެވެ.