ނޭޕާލުގައި ބަހެއް ކޯރަކަށް ފުރޮޅާލައި ސާޅިހަށްވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.


މީގެ އިތުރުން މިބަހުން ދަތުރުކުރި 9 މީހަކު ގެއްލިފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ. އަދި މިހާދިސާގައި އަނިޔާވި މީހުންގެ ހާލް ސީރިއަސް ކަމަށް ވެސް މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ އޮފިޝަލުން ބުނެ އެވެ. މި ހާދިސާ ހިނގައިފައި ވަނީ ވެރިރަށް ކަތަމަންޑުއާ 250 ކިލޯމީޓަރު ހުޅަނގުން އޮންނަ ސަލްޔާން އަވަށުގައި ގިނައަދަދެއްގެ ބަޔަކު ގޮވައިގެން ބަސް ދަތުރު ކުރަމުން ދަނިކޮށް 920 ފޫޓް މަތިން ކޯރަކަށް ބަސް ފުރޮޅާލައިގެންނެވެ. މިބަހުގައި 80 އަށްވުރެ ގިނަ މީހުން ދަތުރުކުރިކަމަށް އޮފިޝަލަލުން ބުނެ އެވެ.