15 Jul 2013, 11:33
ކުރިކެޓް ބޯޑުން އިންތިޒާމްކޮށްގެން ބޭއްވި އަލޯރާ ރަމަޟާން ކްރިކެޓް ކާނިވަލް އޯޕަން ޓޭޕް ބޯލް ކްރިކެޓް މުބާރާތުގައި އިއްޔެ ކުޅުނު މެޗްތައް އާވާޒް އާއި މާލޭސް މެލޯ މޮޅުވެއްޖެ އެވެ.
ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗް ސީބީއެލް ސްޕިކްސްއާއި ބައްދަލުކޮށް ހަތަރު ލަނޑުން ކާމިޔާބުކުރީ އާވާޒު އެވެ. އާވާޒް އަށް އޯވަރުގެތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 92 ލަނޑުހެދި އެވެ.
ޖަވާބުގައި ސީބީއެލް ކުޅެންއަރާ އަށް އޯވަރުގެތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 88 ލަނޑުހެދި އެވެ. މިމެޗްގައި އެންމެ ރަނގަޅަށް އުކީ 17 ލަނޑަށް ދެ ވިކެޓްނެގި މުއާވިއަތު އަބްދުލްޣަނީ އެވެ. އެންމެ ރަނގަޅަށް ކުޅުނީ 34 ލަނޑުހެދި އާދަމް ޒަމީލް އެވެ.
އިއްޔެގެ ދެވަނަ މެޗްއޮކްސިލަސް އާއި ބައްދަލުކޮށް 40 ކާމިޔާބުކުރީ މާލޭސް މެލޯ އެވެ. މާލޭސް މެލޯ ކުޅުންއަރާ އަށް އޯވަރުގެތޭގައި ތިން ކުޅުންތެރިން ނުބައިވެގެން 119 ލަނޑުހެދި އެވެ.
ޖަވާބުގައި އޮކްސިލަސް ކުޅެންއަރާ އަށް އޯވަރުގެތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 79 ލަނޑުހެދި އެވެ. އެންމެ ރަނގަޅަށް މެޗުގައި އުކީ 27 ލަނޑަށް ދެ ވިކެޓްނެގި ހިސާން ހައްޔު އެވެ. އެންމެ ރަނގަޅަށް މެޗްގައި ކުޅުނީ 31 ލަނޑުހެދި އަހްމަދު އަމީލް އެވެ.
މުބާރާތުގައި މިއަދު ހަވީރު 4:15 ކުޅޭ ދެ މެޗުގެތެރެއިން ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އެމް އީ ކިޔޫއާއި ޑޭމް ސްޓައިލް އެވެ. އަދި ދެވަނަ މެޗްގައި ބައްދަލުކުރާނީ ލެޒާ ކާގޯއާއި މިލާން ކްރިކެޓް އެކަޑަމީ އެވެ.