ގއ. ދާންދޫ އަށް މަސްތުވާތަކެތި ގެންދަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ދާންދޫ ޕޮލިސްޓޭޝަނުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ 27 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއް ކަމަށެވެ.

އެ ދެ މީހުންގެ ތެރެއިން 27 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭނާ ހައްޔަރުކޮށް އޭނަގެ އަނގަތެރެ ބަލައި ޗެކްކުރި އިރު މަސްތުވާތަކެތި އަޅާފައި ހުރިކަމަށް ބެލެވޭ ރަބަރުޕެކެޓެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ 23 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ރޭ 11:15 އެހައިކަންހާއިރު ޑިންގީއެއްގައި ދާންދޫ ބަނދަރަށް އޭނާ ކައިރިކުރި ތަނުން ކަމަށެވެ. އެވަގުތު އޭނާ މޫދަށް އެއްލާލި އެއްޗެއް ނަގައި ޗެކްކުރި އިރު މަސްތުވާތަކެތި އަޅާފައި ހުރިކަމަށް ބެލެވޭ ރަބަރުޕެކެޓެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.